މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މައި ކުންފުންޏެވެ.

މީގެ 27 އަހަރު ކުރިން، ސަރުކާރުން އެމްޑަބްލިޔުއެސްސީ އުފެއްދީ، އާންމު ރައްޔިތުންގެ ފުރާނައާއި ސިއްހަތު ރައްކާތެރިކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް މާލޭގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. މިއަދު އެމްޑަބްލިޔުއެސްސީއަކީ ފެނާއި ނަރުދަމާގެ އިތުރުން، މެނުފެކްޗަރިން، ޓްރޭޑިން އަދި އިންޖިނިއަރިން ފަދަ ސިނާއަތްތަކުގައި ވެސް އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

މިގޮތުން، އެމްޑަބްލިޔުއެސްސީ އިން 2005 ވަނަ އަހަރު ވިލިމާލޭގައި ލެބޯޓަރީއެއް ގާއިމްކޮށް، ފޯރުކޮށްދެމުން އަންނަ ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ހިދުމަތަކީ ހާއްސަކޮށް ފާހަގަކޮށްލެވޭ ހިދުމަތެކެވެ.

މި ލެބޯޓަރީއަކީ ބައިނަލްއަގުވަމީ ފެންވަރުގެ ސެޓްފިކެޓް ކަމަށްވާ އައިއެސްއޯ 17025:2005 ސެޓިފިކެޓް ލިބިފައިވާ އަދި އިތުބާރުކުރެވޭފަދަ ފެން ތަހުލީލް ކުރުމުގެ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ތަނެކެވެ.

މި ލެބޯޓަރީއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމާއި، ލެބް އިކުއިޕްމެންޓް ބޭނުންކުރާނެ ގޮތާއި އަދި ސާމްޕަލް ނަގާނެ ގޮތުގެ ޓްރޭނިންގް އަދި ކޮންސަލްޓޭޝަން ދިނުންވެސް ހިމެނެ އެވެ. މި ލެބޯޓަރީއިން އަންނަނީ ރިސޯޓްތަކުންނާއި އެހެނިހެން މުއައްސަސާތަކުން ބޭނުންވެގެން ހުށައަޅާ ފެނުގެ އެނަލިސްޓިކަލް ޓެސްޓްތަށް، ޒަމާނީ ވަސީލައްތަކާއި ތަޖުރިބާކާރު މުއައްޒަފުންގެ އެހީގައި ފުރިހަމަކަމާއެކު ނިންމައި ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިޔުއެސްސީގެ ލެބޯޓަރީއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އައު ޚިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލެބްރޭޝަންގެ ޚިދުމަތް ވަނީ ތަޢާރަފްކޮށްފަ އެވެ.

ލެބް އިކުޕްމެންޓް ކެލިބްރޭޝަންއަކީ ފެނުގެ ތަޙުލީލްތައް ކުރުމަށް ބޭނުން ކުރާ ޢާލާތްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓްތަކެކެވެ. ލެބް އިކުއިޕްމެންޓް ކެލިބްރޭޓް ޓެސްޓްތައް ހެދުމުގެ ބޭނުމަކީ ފެން ޓެސްޓް ކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓްތައް މެދުވެރިކޮށް ނަގާ ރިޕޯޓް ތަކުގެ ޔަގީންކަން ކަށަވަރުކުރުމަށާއި، ފެނުގެ ޓެސްޓްތައް ކުރުމުގައި އިކުޕްމެންޓްތައް ހުންނަވާނެ ކަމަށް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަޑުތަކާއި އެއްގޮތަށް އިކުޕްމެންޓްތައް ބެހެއްޓުމެވެ.

އެމްޑަބްލިޔުއެސްސީއިން ކެލިބްރޭޝަން ސާވިސް ފޯރުކޮށްދޭ އިކުއިޕްމެންޓް ހިދުމަތް

އަލަށް ތައާރަފް ކުރެވުނު މިހިދުމަތް އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުއައްޒަފުން މެދުވެރިކޮށެވެ. މިހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، މި ޙިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓަރސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ އެވެ.

އަދި އެމްޑަބްލިޔުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރިތަނައް އެމްޑަބްލިޔުއެސްސީގެ މުއައްޒަފުން ގޮސްގެންވެސް މި ހިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެކެވެ.

އެމްޑަބްލިޔުއެސްސީއިން ކެލިބްރޭޝަން ސާވިސް ފޯރުކޮށްދޭ އިކުއިޕްމެންޓްތައް

އެމް.ޑަބްލިޔު.އެސް.ސީއިން ކެލިބްރޭޝަން ސަރވިސް ފޯރުކޮށްދޭ އިކުއިޕްމެންޓްތައް

ލެބް އިކުއިޕްމަންޓް ކަލިބްރޭޝަން ޙިދުމަތަށް އެދިލެއްވުމަށް، އެމްޑަބްލިޔުއެސްސީގެ ޝޯރޫމަށް އަށް ޒިޔާރަތްކުރައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅުއްވައިގެން ކުރިޔަށްގެންދެވޭނެއެވެ. ނުވަތަ ބޭނުންވާ މައުލޫމާތު[email protected]. އަށް ހިއްސާކުރަށްވައިގެން ކުރިޔަށްގެންދެވޭނެ އެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ ކުރިއެރުވުމެވެ.