މަޝްހޫރު ބޮލީވުޑް ބަތަލާ އާލިއާ ބަޓް، ޓައިމްސް މަޖައްލާގެ 'ޓައިމް100 ނެކްސްޓް އިންޑިއާ' ލިސްޓުގެ ކަވަރުގައި ފެނިފައިވާއިރު، އެ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި މަންމައަކަށް ވުމަށްފަހު ފިލްމީ މަސައްކަތްތަކާއި އާއިލީ ދިރިއުޅުން ބެލެންސްކުރާ ގޮތުގެ ވާހަކަ ވަރަށް ސާފުކޮށް ހިއްސާކޮށްފި އެވެ.
އާލިއާ ބުނި ގޮތުގައި، ކެމެރާގެ ކުރިމަތީގައި ހުރުމަށް އަބަދުވެސް ލޯބިކުރާ ނަމަވެސް، އޭނާގެ ދަރިފުޅު ރާހާގެ ކުރިމަތީގައި ހުންނަން މާ ބޮޑަށް ލޯބިކުރެ އެވެ.
ދަރިފުޅު ރަހާ ލިބުމަށްފަހު އާލިއާގެ އެންމެ ބޮޑު އިސްކަމަކީ އާއިލާއަށް ވަގުތު ދިނުމެވެ. އޭނާ ބުނި ގޮތުގައި، ވިހެއުމަށްފަހު އާ ފިލްމެއް ކުޅެން ނިންމި ދުވަހު ވެސް، މަހެއްގެ ތެރޭގައި މަސައްކަތް ކުރެވޭނެ ވަކި މިންވަރެއް އޮތްކަން އޭނާ ވަރަށް ސާފުކޮށް ކަނޑައެޅި އެވެ.
އެގޮތުން މަހެއްގެ ތެރޭގައި ވަކި ޢަދަދަކަށް ވުރެ ގިނަ ދުވަހު މަސައްކަތް ނުކުރުމަށް އޭނާ ނިންމި އެވެ. އެއާއެކު ޝޫޓިންގް ލޮކޭޝަން ނުވަތަ އަލީގެ މައްސަލަތަކާ ގުޅިގެން ހާއްސަ ހާލަތްތަކުގައި ބަދަލުތައް ގެނައުމަށް އެއްބަސްވި ނަމަވެސް، މަސައްކަތުގެ ނިޒާމު މިއަށްވުރެ ހަރުދަނާވެފައި، ތަރުތީބުވެފައި އޮތުން މުހިންމު ކަމަށް އޭނާ ފާހަގަކުރި އެވެ.
މަސައްކަތުގެ ތާވަލު ވަކި ގޮތަކަށް ތަރުތީބު ކުރުމުން، ފިލްމީ މަސައްކަތްތައް ވެސް މާ ފަސޭހައިންނާއި ފައިދާހުރި ގޮތުގައި ކުރިއަށް ގެންދެވޭ ކަމަށް އާލިއާ ގަބޫލުކުރެ އެވެ.
ހަމައެއާއެކު ގަޑިއަށް ދިއުމާއި، ގަޑިއަށް ނިންމުމާއެކު، ލިބޭ ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭ ކަމަށް އޭނާ ބުންޏެވެ.
މި އިންތިޒާމުގެ ސަބަބުން އަމިއްލަ އަރާމު ވަގުތު ލިބި، މަންމައެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާ ކުރުމުގެ ފުރުސަތު ލިބޭ ކަމަށް އާލިއާ ފާހަގަކުރި އެވެ. ސަބަބަކީ މަންމައަކަށް ވުމަކީ އާލިއާގެ އެންމެ މަތީ އިސްކަން ކަމަށްވާތީ އެވެ.
އާލިއާއާއި އޭނާގެ ފިރިމީހާ، މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރަށް ދަރިފުޅު ރާހާ ލިބުނީ ނޮވެމްބަރު 2022ގަ އެވެ. އޭގެ ފަހުން ވެސް އެކްޓިންގް ކެރިއަރުގައި ކުރިއަށް ދާއިރު އަމިއްލަ ދިރިއުޅުމާއި މަސައްކަތާ ދެމެދު ހަމަހަމަކަމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ ވާހަކަ އާލިއާ އަަބަދުވެސް ދައްކަ އެވެ.
އޭނާގެ އެންމެ ބޮޑު އެދުމަކީ، ތިމާ ލޯބިކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމާއެކު، ތިމާ ލޯބިވާ މީހުންނަށް ވެސް ފުރިހަމައަށް އަޅާލައި، އެކުގައި ވަގުތު ހޭދަ ކުރުން ކަމަށް އާލިއާ ބުނެ އެވެ.
"ތަނަވަސްވުމުގެ ފުރުސަތު މި ސަރަހައްދުގައި އޮތީ ރާއްޖެއަށް"
ހަދަމުން ދިޔަ އިމާރާތަކުން ބައެއް ވެއްޓި، ބަޔަކަށް އަނިޔާވެއްޖެ
އެންވީޑިއާގެ ސީއީއޯގެ މަގާމު ޖެންސެން އަށް އަލުން ދޭން ނިންމައިފި