ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯގެ ހެރޮއިން ހޯދައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެ އޮޕަރޭޝަންގައި މާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހައްޔަރުކުރި ފަސް މީހުންނަކީ ދިވެހި ފިރިހެނުންނެވެ. ސީޕީގެ ޓްވީޓްގައި ވަނީ އެ މަސްތުވާތަކެތީގެ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮޑެތި ޕްލާސްޓިކް ޕެކެޓުތަކެއްގައި ބަންދުކުރުމަށް ފަހު އެ މަސްތުވާތަކެތި ފޮރުވާފައިވަނީ ބާ ދޮންނަމެޝިނެއްގެ ތެރޭގަ އެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މުޅި ލ. ގަމަކަށް އަލުން ކަރަންޓް ދީފި
މެންދުރުގެ ކެއުމަށްފަހު ނިދި އަންނަނީ ކީއްވެކަން އެނގޭތަ؟
ފަތިސް ގަޑީގައި ހިނގާލަން ދިއުމުގެ ފައިދާތައް ވަރަށް ގިނަ!
