ހެންވޭރުގައި ހުންނަ ގެ އެއްގެ ހަވަނަ ފަންގިފިލާގެ ބެލްކަނިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

އެމީހާ ވެއްޓިފައި ވަނީ ހެންވޭރު ކަލާފާނު ހިނގުމުގައި ހުންނަ ހ. ލިލީ ނައިޓްއާގެ ހަވަނަ ފަންގިފިލާ އިން ކަމަށް މައުލޫމާތު ލިބެ އެވެ.

އެވަގުތު އެމަންޒަރު ދުށް މީހުން ބުނީ އެމީހާ ވެއްޓުން ގޮތަށް ބިންމަތީ ޖެހުނީ މޫނު ވަތަށް ކަމަށެވެ. މޫނު އޮތީ ވަރަށް ބޮޑަށް ޗިސްވެފަ އެވެ.

ފުލުހުން ބުނީ ހެންވޭރުގެ ގެއަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 8:05 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެމީހާ އައިޖީއެމްއެޗް އަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މަރުވެފައިވަނީ 32 އަހަރުގެ ދިވެހި އަންހެނެކެވެ.

އިމާރާތެއްގެ މަތީން އަންހެނަކު ވެއްޓި އަނިޔާވެފައިވާއިރު ހ. އެސްޕީ ވިލާ ފަސް ވަނަ ފަންގިފިލާގެ ބެލްކަނިން ފަސް އަހަރުގެ ކުއްޖަކު ވެއްޓި މިއަދު ވަނީ މަރުވެފައި އެވެ.

ނެވެ. އެ ގެ ހުންނާނީ ނޫރު މިސްކިތް ކަރިން އުނިމާ ގްރޭންޑާ ހޮޓެލްއާ ޖެހިގެން އިރަށެވެ.