މާވެލް ސްޓޫޑިއޯސްއިން "އެވެންޖާސް: ޑޫމްސްޑޭ"ގެ އެންމެ ފަހު ޓްރެއިލާ އާއްމު ކޮށްފައިވާއިރު މި ޓްރެއިލާ އިން މާވެލްގެ ސުޕަރހީރޯ ޔުނިވާސްގެ އެންމެ މަޝްހޫރު ތަރިން އެއްތަނަކުން ފެނިގެންދާނެ އެވެ.
އޭގެ ތެރޭގައި ރޮބާޓް ޑައުނީ ޖޫނިއާ ޑޮކްޓަރ ޑޫމްގެ ރޯލުން ފެނުމާއި، ކްރިސް އިވަންސް ސްޓީވް ރޮޖާސްގެ ރޯލުން އަލުން އެނބުރި އައުން ހިމެނެ އެވެ.
ރިޓަޔާ ކޮށްފައިވާ ކެޕްޓަން އެމެރިކާ، ޕެގީ ކާޓާ (ހޭލީ އެޓްވެލް) އަދި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދަނިކޮށް، ޑޫމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފެންޓާސްޓިކް ފޯގެ ޓީމުން އޭނާގެ އެހީތެރިކަމަށް އެދޭ މަންޒަރު ފެނެ އެވެ.
ވިކްޓާ ވޮން ޑޫމްގެ ރޯލުން ރޮބާޓް ޑައުނީ ޖޫނިއާ ފެނިގެންދާއިރު، އޭނާ ހީރޯތަކަށް އިންޒާރުދީ، ތޯރް (ކްރިސް ހެމްސްވާތު) އާ ކުރިމަތިލާ މަންޒަރު ޓްރެއިލަރުން ފެނެ އެވެ.
މީގެ އިތުރުން ސައިކްލޮޕްސް (ޖޭމްސް މާސްޑެން) އޭނާގެ ޓީމަށް ގޮވާލުމާއެކު، ޕްރޮފެސަރ އެކްސް (ޕެޓްރިކް ސްޓެވާޓް)، މެގްނެޓޯ (އިއަން މެކެލެން)، ނައިޓްކްރޯލާ، ގެމްބިޓް، މިސްޓީކް އަދި ބީސްޓް ފަދަ އެކްސް-މެންގެ ތަރިން ވެސް އަލުން ފެނިގެންދެ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ސޭމް ވިލްސަން، ބަކީ ބާންސް، އޭންޓް-މޭން، ލޯކީ، ޝޭންގް-ޗީގެ އިތުރުން ފެންޓާސްޓިކް ފޯ، ތަންޑަރބޯލްޓްސް އަދި ވަކަންޑާގެ ހީރޯތައް ބައިވެރިވެ އެވެ.
ރުސޯ ބްރަދާސް ޑައިރެކްޓު ކުރާ މި ފިލްމު ދުނިޔޭގެ ސިނަމާތަކުގައި އަޅުވާނީ 18 ޑިސެމްބަރުގައި ކަމަށް ހަބަރުތައް ބުނެ އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ދަތުރު ނިންމާލައިފި
ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ބަޖެޓު ފާސްކޮށްފި
ރަހުމަތްތެރިން ތިބެމެ އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ؟