އަނެއްކާ ވެސް މިއޮތީ ހުކުރު ދުވަހެކެވެ. ހަފްތާގެ އީދު ދުވަހެވެ. އެއާއެކު މިއޮތީ މުޅިން އާ ރެސިޕީ އެކެވެ. އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު މަޝްރޫމް (ކޮށާފައިި)
  • 4 ކުކުޅު ބްރެސްޓް
  • 1/4 ޖޯޑު ގޮދަން ފުށް
  • 1/2 ސައިސަމުސާ ލޮނު
  • 1/4 ސައިސަމުސާ އަސޭމިރުސް
  • 1/2 ސައިސަމުސާ އޮރިގާނޯ
  • 4 މޭޒުމަތީ ސަމުސާ ބަޓަރު
  • 4 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް

  1. ތައްޓެއްގެ ތެރެއަށް ފުށާއި ލޮނާއި އަސޭމިރުސް އަދި އޮރިގާނޯ އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު އި އެއްކޮށްފައި ރަނގަޅަށް ކުކުޅުގައި ހާކާލާށެވެ.
  2. ދެން ތަވައަކަށް ބަޓަރު އެޅުމަށް މެދު މިންވަރަކަށް ހޫނު މިން ބަހައްޓައިގެން ބަޓަރު ކޮޅު ވިރުވާލާށެވެ. ކުކުޅު ދެ ފުށަށް ޖަހާ ރަތް ވަންދެން ދެފުށަށް ޖަހަމުން ގެންދާށެވެ.
  3. ދެން ކުކުޅުގެ މައްޗަށް ކޮށާފައި ހުރި މަޝްރޫމު އެޅުމަށްފަހު ތަވާގެ މަތި ޖެހުމަށް ފަހު 10 ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ.