ރޯދަމަހަށް ގެތެރެ ސާފުކޮށްފައި މަގުމައްޗަށް ކުނި އަޅާތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އީޕީއޭއިން ބުނީ ރޯދައަށް ގޭތެރެއާއި އާންމު ތަންތަން ސާފުކުރުމުގެ ތެރޭގައި އާންމު މިންވަރަށްވުރެ ގިނަ ކުނި އުފެދޭ ކަމަށާއި ސާފުކުރުމަށްފަހު އެފަދަ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓާކަން ފާހަގަކުރެވޭ ކަމަށެވެ
މިކަމުގެ ސަބަބުން މާލޭގެ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ މީހުންނަށް ދަތިވެ ސިއްހީގޮތުންވެސް ނުރައްކާތެރި ކަމެއް ފެތުރުދާނެ ކަމަށެވެ. އެހެނވެ މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް އީޕީއޭއިން ބުނެ އެވެ.
އަދި ގޭތެރެ އާއި އެނޫންވެސް ތަންތަން ސާފުކުރުމުގެ ކުރިން ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި ގުޅައިގެން ހަމަޖެއްސެވުމަށް އެޑެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާލޭގައި ކުނީގެ މައްސަލައަކީ ހައްލުނުވެ އޮތް ޒަމާންވީ މައްސަލައެކެވެ. މާލޭގެ މަގުތަކަށް ކުނި ނެރެ އެއްތަނަކަށް ޖަމާކޮށްފައި ހުރުމަކީ އާންމުގޮތެއްގައި ފެންނަމަންޒަރެއް ނަމަވެސް އެކަމަށް އަދިވެސް ހައްލެއް ނުލިބެ އެވެ.
ރާއްޖޭގައި ރަސްމީކޮށް ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަނީ ވެމްކޯއިންނެވެ.