ހިޔާގެ ފުރަތަމަ ޓަޗަރުގައި މައްސަލަ ދިމާވެފައިވާ ސަބްސްޓޭޝަންގެ އާރްއެމް ޔުނިޓް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.
ހިޔާ ގެ އެޗް 1 އިން އެޗް 8 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ހަވީރު ވަނީ ކަރަންޓު ކެނޑިފަ އެވެ. ނަމަވެސް ބައެއް ޓަވަރުތަކަށް މިހާރު ވަނީ ކަރަންޓް ލިބިފަ އެވެ.
ސްޓެލްކޯއިން ބުނީ ފުރަތަމަ ޓަވަރުގައި މައްސަލަ ދިމާވެފައިވާ ސަބްސްޓޭޝަންގެ އާރްއެމް ޔުނިޓްގެ ބަދަލުގައި އެހެން އާރުއެމް ޔުނިޓެއް ގުޅާ އެ ސަބްސްޓޭޝަންގެ ކޭބަލްތައް އައު އާރުއެމް ޔުނިޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓް ލިބެން އަދި ތިން ގަޑިއެއްހާއިރު ނަގާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗް ގިއާގެ ބަސްބާ ޝޯޓުވުމާ ގުޅިގެން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސްޓެލްކޯގެ މުވައްޒަފުން ކުރަމުން ދާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
މަރު ހަނދާން ކުރުމަކީ އުފާވެރި ދިރިއުޅުމެއްގެ ސިއްރު
