ގިނަ ރައްޓެހިންނާއި ބޮޑު އިޖުތިމާޢީ ގުޅުމެއް އޮތް މީހަކަށް ވެސް އެކަނިވެރިކަން އިޙުސާސްވެދާނެ އެވެ. މީހުންނާ ގުޅުން ބޭއްވުމުން ޖަޒުބާތީ ހިތްހަމަޖެހުން ލިބޭނެ ކަމަށް އާންމުކޮށް ގަބޫލު ކުރެވުނު ނަމަވެސް، އިޖުތިމާޢީ ގުޅުމާއި ޖަޒުބާތީ ގުޅުމަކީ އެއް އެއްޗެއް ނޫން ކަމަށް ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާކާރުން ބުނެ އެވެ.
ކާވެރީ ހޮސްޕިޓަލް - ޓްރިޗީގެ ސައިކޮތެރަޕިސްޓް މަންޖެޝްވަރީ ޖީ ވިދާޅުވާ ގޮތުގައި، އިޖުތިމާއީ މުޢާމަލާތްތަކަކީ މަތިމަތިން ހިނގާ ކަންކަމެވެ.
އޭގެ ތެރޭގައި ދުވަހުން ދުވަހަށް ހިނގާ ކަންކަމާއި، މަސައްކަތުގެ މާޙައުލަށް އަންނަ ބަދަލުތަކާއި ހަފުތާ ތެރޭގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ހިމެނެއެވެ. ނަމަވެސް ޖަޒުބާތީ ގުޅުން އޮންނަނީ މާ ފުން މިނެއްގަ އެވެ.
ޖަޒުބާތީ ގުޅުމަކީ ކޮބާ؟
ޖަޒުބާތީ ގުޅުން އުފެދެނީ އަހަރެމެން ބަލައިގަނެ، ފަހުމްވެ، އަގުވަޒަންކޮށް، އެހީތެރިކަން ފޯރުކޮށްދީ، ނަފްސާނީ އަދި ޖަޒުބާތީ ރައްކާތެރިކަން ލިބޭ މީހުންނާއެކުގަ އެވެ.
އިޖުތިމާޢީ ގުޅުމާއި ޖަޒުބާތީ ގުޅުމުގެ ތަފާތު
ޖަޒުބާތީ ގޮތުން ގުޅިފައިވާ މީހުންނަކީ އިޖުތިމާޢީ ގޮތުން ވެސް ގުޅިފައިވާ މީހުންނަށް ވިޔަސް، ހަމައެކަނި އިޖުތިމާޢީ ގުޅުމަކީ ޖަޒުބާތީ ގުޅުމާ އެއްވަރު ކަމެއް ނޫނެވެ.
މި ގުޅުން ދެމެހެއްޓުމުގައި ދެ ފަރާތުގެ ދައުރު ވެސް މުހިންމެވެ. އެހެން މީހަކު އަހަރެމެންނަށް އިތުބާރާއި ޖަޒުބާތީ ރައްކާތެރިކަން ފޯރުކޮށްދޭ ފަދައިން، އެ މީހުންނަށް ދަތި ވަގުތުތަކުގައި ސަމާލުކަން ދީ، ކެތްތެރިކަމާއެކު އަޑުއަހައި، ޖަޒުބާތީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.
އިޖުތިމާޢީ ގުޅުންތައް ފުޅާވާ ވަރަކަށް ޖަޒުބާތީ ގުޅުން ކުޑަވެދާނެތަ؟
އެފަދަ ފުރުޞަތު އޮވެ އެވެ. އިޖުތިމާއީ ގޮތުން ގުޅުން އޮންނަ މީހުން ގިނަވާ ވަރަކަށް، ޖަޒުބާތީ ގޮތުން ރައްކާތެރިކަން ލިބޭ މީހުންގެ ދާއިރާ ބައެއް ފަހަރު ހަނިވެގެންދެ އެވެ.
މި ބަދަލު އަވަހަށް ފާހަގަނުވެ ހިނގައިދާނެ އެވެ. ވަށައިގެން ގިނަ ބަޔަކު ތިބި ނަމަވެސް، ހަގީގީ އެހީތެރިކަމަށް އެދެވޭ މީހުންގެ އަދަދު މަޑުމަޑުން މަދުވަމުންދެ އެވެ.
މި ހާލަތުގައި އޮތް ހައްލަކީ މިހާރު ވެސް އޮތް ގުޅުންތައް، ހާއްސަކޮށް ދިރިއުޅުމުގެ އުފާވެރި ވަގުތުތަކުގައާއި ދަތި ވަގުތުތަކުގައި އެކުގައި ތިބި ދުވަސްވީ ރައްޓެހިންނާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ.
ގިނަ މީހުންނާ ގުޅުން ބޭއްވުމުގެ ބަދަލުގައި، އަގުހުރި ގުޅުންތަކަށް އިންވެސްޓް ކުރުމާއި، އަމިއްލަ ހަގީގީ އިހުސާސުތައް ފޮރުވުމެއް ނެތި ހާމަ ކުރުމަކީ ގުޅުންތައް އިތުރަށް ބަދަހި ކޮށްދޭނެ ކަންކަމެވެ.
ސައިބާ ހަމަލާތަކެއްގެ ފަހަތުގައި އީރާން އޮތްކަމަށް ތުހުމަތުކޮށްފި
ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ބަޖެޓު ފާސްކޮށްފި
ހޮލީވުޑަށް ބޯކޮށް ވާރޭ ވެހި ގިނަ ގެއްލުންތަކެއް!