ރޯދަ މަހަކީ އެހެން މަސްމަހާ އަޅާކިޔާއިރު ކާބޯތަކެތި އިސްރާފު ކުރުން ގިނަ މަހެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެއީ ހަމައެކަނި ރާއްޖެއަކު ވެސް ނޫނެވެ. އެހެން ނަމަވެސް އެންމެ މުހިއްމީ މިފަދައިން ކާބޯތަކެތި އިސްރާފު ނުކޮށް ވޭތޯ ބެލުމެވެ.
އެގޮތުގެ މަތިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ އިޖުތިމާއީ ޖަމިއްޔާއަކުން މިވަނީ އެ ސިޓީގައި ކާބޯތަކެތި އިސްރާފުވާ ވުމަށް ރަނގަޅު ހައްލެއް ހޯދާފަ އެވެ.
މި ޖަމިއްޔާގެ ވޮލަންޓިއަރުން ރޯދަ ވީއްލުމުގެ ހަފްލާތައް އޮންނަ ތަންތަނަށް ގޮސް ބާކީވާ ކާބޯތަކެތި ނަގައި އެ ސަރަހައްދުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ބަހަ އެވެ.
އެގޮތުން އެ މީހުން އަންނަނީ މަގުމަމިވެފައިވާ އާއްމުންނާއި އުމުރުން ދުވަސްވީ މީހުން ބަލާ މަރުކަޒުތަކުގެ އިތުރުން ޔަތީމުޚާނާ ތަކަށް ވެސް ކާބޯތަކެތި ބަހަމުންނެވެ.
ބަންގްލަދޭޝްއަކީ ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް ފަގީރުކަން އިންތިހާއަށް ގޮސްފައިވާ ގައުމަކަށް ވާއިރު މި އިސްނެގުމާއެކު މިހިނގާ ރޯޯދަމަހު އެ ގައުމުގެ އިޖުތިމާއީ ހާލަތު ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.
މިއީ ބަންގްލަދޭޝް ނޫނަސް އެހެން ގައުމުތަކުން ވެސް ވިސްނަން ވެފައިވާ ކަމެކެވެ. ޚުދު އަހަރުމެންގެ ރާއްޖޭގައި ވެސް ބާކީވާ ކާބޯތަކެތި އުކާލުމުގެ ބަދަލުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ސަދަގާތް ކުުރުން ރަނގަޅުވާނެ އެވެ.
އަންނައުނުގައި ޖެހޭ ލައްތައް ފިލުވަން އެހީއެއް!
ހަ މަސް ތެރޭ 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ދޭން ފަށަނީ
ގޭންގުތަކުގައި އުޅޭ ޒުވާނުން އިސްލާހުވެއްޖެ، މިހާރު ގޭންގެއް ނެތް