މާލޭގައި ގަވާއިދާ ހިލާފަށް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ފެނިގެން އެ މައްސަލަ ބަލަން ފަށައިފި އެވެ.

މިއީ މާލޭގައި ކެމިކަލް ރައްކާނުކުރެވޭ ގޮތަށް ގަވާއިދު ބަދަލްކުރި ފަހުން ފެނުނު ފުރަތަމަ ގުދަނެވެ.

އެމްއެންޑީއެފް އިން ބުނީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ބައެއް މީޑިއާތަކުން އެމައްސަލަ ރިޕޯޓު ކުރުމުން އެމްއެންޑީއެފް އިން ބުނީ އެތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވާ ކަން ފާހަގަކުރެވިފައި ވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން މިކަމަށް އެޓެންޑްވަމުން އަންނަ ކަމަށެވެ.

އެ ކެމިކަލް ގުދަން ހުރީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެންނެވެ.

މާލޭގައި ކެމިކަލް ރައްކާ ކޮށްފައި ހުރި ގުދަނެއް

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރީ2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އެވެ. އެ ހާދިސާގައި ދިވެހި އަންހެނަކު މަރުވި އިރު އެއަށްފަހު މާލެއިން 40 އެއްހާ ކެމިކަލް ގުދަން ތިލަފުށްޓަށް ބަދަލުކުރި އެވެ. އެ ހާދިސާގައި 6 ގެއަކަށާއި 4 ގުދަނަކަށް އަލިފާނުގެ އަސަރު ކުރި އެވެ. އަދި ގިނަ ބަޔަކު ހާލުގައި ވެސް ޖެހުނެވެ.

އެ ހާދިސާ އަށް ފަހު މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަންތަށް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި

މިހާރު ވެސް މާލޭގައި ކެމިކަލް ގުދަން ކުރަމުންދާކަމަށް އަޑު ފެތުރެ އެވެ.