ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޝާހިދު ކަޕޫރު އަދި ކްރިތީ ސެނަން އެކީ ފެންނަ ފުރަތަމަ ފިލްމް ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފި އެވެ.
ކުރީގެ މަޝްހޫރު ދެތަރިން ކަމުގައިވާ ދަރުމެންދްރާ އާއި ޑިމްޕަލް ކަޕާޑިއާ ފެނިގެންދާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމު މިއަހަރު އޮކްޓޯބަރު މަހު ރިލީޒް ކުރުމަށް ނިންމާފައިވީ ނަމަވެސް މިފިލްމަށް ކިޔާ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދާ މި ފިލްމުގެ ފަސްޓްލުކް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް މި ފިލްމަކީ ކްރިތީ ރޮބޮޓެއްގެ ރޯލުން ފެންނާނެ ފިލްމެއް ކަމަށް ކުރިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކުރާ ފިލްމެކެވެ.
ޝާހިދާ އެކީ ކްރިތީ ކުޅުނު ފިލްމު އޮކްޓޯބަރަށް ތާވަލުކުރި އިރު، ކްރިތީ އާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އޮތީ އޮކްޓޯބަރު 20 އަށް ތާވަލުކޮށްފަ އެވެ.
ކްރިތީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ ފިލްމް "މިމީ" އިންނެވެ. ޝާހިދު އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ޖާޒީ" އިންނެވެ.