ދައުލަތުގެ ތިން ބާރުގެ ވެރިން ރައްޔިތުންނަށް ހިދުމަތްކުރުމުގައި ތިއްބަވަން ޖެހޭނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެވަޑައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅެންޖެހޭނީ ހަމައެކަނި ރައިސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި ދައުލަތުގެ ތިން ބާރުގެ ވެރިން ވެސް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ދުރުވެ، ހިދުމަތްކޮށްދޭން ޖެހޭ ކަމަށެވެ.
"އެއީ އުއްތަމަފަނޑިޔާރު ކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވިޔަސް އަދި ސަރުކާރު ހިންގަން ހުރި ރައީސް ކަމަށް ވިޔަސް. ރައްޔިތުން އިންތިހާބު ކުރުމަށް ފަހު އެންމެ އިސް މަގާމަކަށް އައުމަށް ފަހު އަޅުގަނޑުމެންގެ ކުރިމަތީގައި އެ ނޫން ކަމެއް އޮވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސްކަމަށް އިންތިހާބުވެވަޑައިގަތަސް އެ މަނިކުފާނު ހުންނަވާނީ ސިޔާސީ ހަލަބޮލި ކަމުން ދުރުވެގެން ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދެއްވާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކަންތައްއޮންނަން ޖެހެނީ އެވިދާޅުވިގޮތައް އެކަމަކު ވާގޮތަކީ ކޮންމެދިމާލަކަން ވެސް ސަރުކާރުގެ ނުފޫޒު ނުފޫޒު ނެއްތަނެއްނެއް