ކ. މާފުއްޓާއި އެރަށް ކައިރީ ތަރައްގީ ކުރި ޕިކްނިކް އައިލެންޑް ގުޅުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާފުށީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ އެ މަސައްކަތް ކުރުމަށް އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އީޕީއޭ އިން ހަފުތާއެއްގެ ތެރޭގައި އީއައިއޭގެ ކަންތައް ނިންމާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އީއައިއޭ ނިމުމުން މަސައްކަތް ފެށޭގޮތަށް އެމްޓީސީސީ އޮތީ ތައްޔާރަށް ކަމަށެވެ. ޕިކްނިކް އައިލެންޑާއި މާފުށި ގުޅުވައިލުމަށް އެރަށު ރައްޔިތުން ސަރުކާރުގައި އެދެމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާފުށީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ތަރައްގީކުރި ޕިކްނިކް އައިލެންޑަށް ކިޔަނީ ވަށްމާފުއްޓެވެ. އެރަށަށް ވަގުތީގޮތުން ދަތުރުކުރުމުގެ ހުއްދަ މާފުށީ ކައުންސިލުން މީގެކުރިން ވަނީ ދީފަ އެވެ. އެގޮތުން ހަފުތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. ހުކުރު އަދި ހޮނިހިރު ދެ ދުވަހު ޚާއްސަ ކޮށްފައި ވަނީ މާފުށީގެ ރައްޔިތުންނަށާއި ދިވެހީންނަށެވެ.
ކެޓްރީނާގެ ދިފާއުގައި ކުރީގެ ލޯބިވެރިޔާ ސަލްމާން ވެސް ތެދުވެއްޖެ
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދައްތަ ހައްޔަރުކޮށްފި
