"ބިގް ބޮސް 20"ގެ "ވީކެންޑް ކާ ވާރު" އެޕިސޯޑުގައި، ސޯޝަލް މީޑިއާގައި ސެލެބްރިޓީންނަށް ފާޑުކިޔައި މަލާމާތްކުރާ މީހުންނަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން ވަރަށް ވަރުގަދަ ރައްދެއް ދީފި އެވެ.
ވަކިން ހާއްސަކޮށް، ދާދި ފަހުން ދަރިއަކު ލިބުމަށްފަހު ބަރުދަން އިތުރުވުމުގެ ސަބަބުން ކެޓްރީނާ ކައިފަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ސަލްމާން ވާހަކަ ދެއްކުމުން، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު އޭނާއަށް ވަނީ ލިބިފަ އެވެ.
އަމްބާނީ އާއިލާގެ ހަފްލާއެއްގެ ތެރެއިން ކެޓްރީނާ ފެނުމާއެކު، އޭނާގެ ސިފައަށާއި ބަރުދަނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.
ސަލްމާން އޭނާގެ ޝޯގައި ސީދާ ކެޓްރީނާގެ ނަން ބޭނުން ނުކުރި ނަމަވެސް، އޭނާއަށް އިޝާރާތްކޮށް އެފަދަ އަމަލުތަކާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކި އެވެ.
ބަނޑުބޮޑުވުމަށްފަހު ކޮންމެ މީހެއްގެ ބަރުދަންވެސް އިތުރުވާނެ ކަމަށާއި، އެއީ ދަރިފުޅާއި އާއިލާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ދުވަސްވަރު ކަމަށް ސަލްމާން ފާހަގަކުރި އެވެ. އެއާއެކު އަލުން ފިލްމުތަކަށް ނުކުންނަން ބޭނުންވާ ދުވަހަކުން އޭނާ ފިޓްވާނެ ކަމަށްވެސް ބުންޏެވެ.
އަނެކާއަށް މަލާމާތްކޮށް، ދަށް ކޮށްލައިގެން ފައިސާ ހޯދުމަކީ ތިމާގެ ތަރުބިއްޔަތު ހުރިގޮތް ހާމަވާކަމެއް ކަމަށް ބުނެ ސަލްމާން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، އަމިއްލަ އިސްތަށިގަނޑަށާއި އުމުރަށް އަންނަ ފާޑުކިޔުންތަކަށް ރައްދު ދެމުން، މީހުންނަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމަކީ ނަފްސާނީ ގޮތުން މީހާ ޑިޕްރެޝަނަށް ވައްޓާލާ ކަމެއްކަން އޭނާ ފާހަގަކުރި އެވެ.
ސަލްމާންގެ މި ވާހަކަތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު ފޭނުން ދަނީ އޭނާއަށް ވަރަށް ބޮޑަށް ސާބަސް ދެމުންނެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ވަނީ "ޓައިގާ އަބަދުވެސް ޒޯޔާގެ ދިފާއުގައި ނުކުންނާނެ" ކަމަށް ބުނެ "ޓައިގާ" ފިލްމުގެ ކެރެކްޓާތަކާ ގުޅުވައިގެން ޝުއޫރު ފާޅުކޮށްފަ އެވެ.
ފޭނުން ފާހަގަކުރި އަނެއް ކަމަކީ މީގެ ކުރިން އެ ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމުން ސަލްމާން ކެޓްރީނާ ދިފާއުކުރީ ކަމަށެވެ.
ކެޓްރީނާގެ ދަރިފުޅު ވިހެއުމަށްފަހު އައި ބަދަލުތަކަށް މަލާމާތްކުރި މީހުންނަށް ސަލްމާން އެދިނީ ރަނގަޅު ރައްދެއް ކަމަށާއި، އޭނާއަކީ އަބަދުވެސް ކެޓްރީނާގެ ރައްކާތެރިއެއްގެ ގޮތުގައި ދެމިހުންނާނެ މީހެއްކަމަށް ފޭނުން ބުނެފައިވެ އެވެ.
ޝަރުތަކާއެކު "ބިގް ބޮސް 9"ގައި ނޯރާ ބައިވެރިވި ސަބަބު!
ފެރީ އެއްބަސްވުން ބާތިލްކުރުމުން 11 މިލިއަން ޑޮލަރު ހޯދަން ކޯޓަށް
މޭޔަރު ސައުދާއި ތިން ކައުސިލަރަކަށް އިތުރު ދައުވާއެއް