ރޯދަ ހިފުމަކީ ސިއްހަތަށް އެތައް ގޮތަކުން ފައިދާވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ރޯދައަށް ހުރުމުން އަހަރެމެންގެ ހަށިގަނޑަށް އަންނަ ބަދަލު ތަކަށެވެ.

ރޯދަައަށް ހުންނަތާ ފުރަތަ 4 ގަޑިއިރުގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދާނީ މައްޗަށެވެ. އަދި އެކަން ހަމައަަކަށް އަޅުވަން ގިނަ އަދަދެއްގެ އިންސިއުލިން އިންޖެކްޓް ކުރާނެ އެވެ. ބަނޑުހައިކަން އިހްސާސް ކުރެވޭނެ އެވެ.

ރޯދައަށް ހުންނަތާ 4 ގަޑިއިރު ފަހުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލާނެ އެވެ.

ރޯދައަށް ހުންނަތާ 8 ގަޑިއިރު ފަހުން ހަށިގަނޑުގައި ހަކުރު ހުންނަންޖެހޭ މިންވަރު ހަމައަކަށް އަޅުވައިދޭނެ އެވެ. އަދި ރޯދައަށް ހުންނަތާ 8 ގަޑިއިރު ފަހުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ހަށިގަނޑުގައިވާ ސަރުބީ ބޭނުން ކުރަން ފަށާނެ އެވެ.

އެއާއެކު ހަށިގަނޑުގައި އެތެރޭގައިވާ ދުޅަަތައް ތިރިކޮށް ފަސޭހަކުރުމުގެ މަސައްކަތް ފެށޭނެ އެވެ.

ރޯދައަށް ހުންނަތާ 10 ގަޑިއިރު ފަހުން މިސްޓޭޖްގައި ހަށިގަނޑު މަރާމާތުކުރުމުގެ މަސައްކަތް ފެށޭނެ އެވެ. ހަށިގަނޑުގައި ހިމެނޭ ހަލާކުވެފައިވާ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތައް މަރާމާތުކުރުމުގެ މަސައްކަތް ފެށެެ އެވެ. މި ވަގުތުތަކުގައި މީހާ އެލާޓްވެފައި ސަމާލުވާނެ އެވެ.

އެއާއެކު ހަށިގަނޑުން ހަލާކުވެފައިވާ ބައިތައް ހަކަތައިގެ ގޮތުގައި ބޭނުންކުރުމަށް ނަގައި ހަލާކުކޮށްލަ އެވެ. އަދި ގުނަވަންތަކާއި ހަށިގަނޑުގެ ނިޒާމްތައް އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދެ އެވެ.

ރޯދައަށް ހުންނަތާ 12 ގަޑިއިރު ފަހުން މިސްޓޭޖްގައި ހަށިގަނޑުގެ ދިފާއީ ނިޒާމްގައި ހިމެނޭ ސެލްތައް އަލުން އުފެދި ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފެށެ އެވެ.

މި ބަލާލީ ރޯދައަށް ހުންނައިރު އަހަރުމެންގެ ޖިސްމާނީ ހަށިގަނޑަށް އަންނަ ޖުމްލަ ބަދަލުތަކަށެވެ.