ކުޅުދިއްފުށީގައި ފުށް ގުދަން ނޭޅުނީ އެގުދަން އަޅަން ރައީސް އޮފީހުން ބޭނުން ނުވެގެން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހެއްގައި އަމްރުއަށް ނިސްބަތްކޮށް ފުށް ގުދަނާ ބެހޭގޮތުން ލިޔެފައިވާ އާޓިކަލްއަކަށް ރައްދު ދެއްވަމުން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ އެކަން ކުރުމަށް އޭނާގެ އެއް ޕްލޭން ކަމަށާއި، އެކަން ކާމިޔާބު ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އެގުދަން އަޅަން ބޭނުން ނުވެގެން ކަމަށެވެ. އެރަށުގައި އެތަން އަޅަން ބޭނުން ނުވިތާނގައި އެގުދަން އަޅަން އިތުރު ތަނެއް ވެސް ސަރުކާރަށް ނުދެއްކިގެން ކަމަށް އަމްރު ވިދާޅުވި އެވެ.

ޓީވީ ޕްރޮގްރާމެއްގައި ކުރިން އަމްރުވަނީ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައި ފުށް ފެކްޓްރީއާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އަމްރު ވިދާޅުވީ އޭނާ ވިދާޅުވީ، ގޮދަންފުށް ކާރުހާނާ ތަރައްގީކުރުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑު ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން ކުޅުދުއްފުށީގެ މޭޔަރ މުހައްމަދު އާތިފްވަނީ ގޮދަން ފުށް ފެކްޓްރީއަށް އެސިޓީން ބިން ހަމަޖެއްސިކަން ހާމަކުރައްވާފަ އެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމުން ރައީސް ސޯލިހު އަމްރު ވަކިކުރެއްވީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ ސަރުކާރުގެ ސިޔާސަތުތަކަށް ފާދު ވިދާޅުވާތީ އެވެ.