ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ބަންދުކޮށްފި އެވެ.

އެ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00 ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:30 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް މީހުންނަށް ދަތިވެފައިވާތީ ވޯޓުލުމުގެ ވަގުތު މިއަދު ހަވީރު 5:00 އަށް އިތުރުކޮށްފައި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ނެރު ތަފާސް ހިސާބުތައް ދައްކާގޮތުން ވޯޓުލީ ފިރިހެނުންގެ އަދަދަކީ 1382 މީހުންނެވެ. އަދި ވޯޓު ލީ އަންހެނުންގެ އަދަދަކީ 1290 އެވެ. ވޯޓު ލުމުގެ ހައްގުލިބިފައިވާ 3423 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 21.94 އިންސައްތް ވޯޓުލާފައިވާ ކަމަށެވެ.