ބާބާ ސިއްދީގީ ބޭއްވި އިފްތާރު ޕާޓީއެއްގައި މާބަނޑު ސަނާ ޚާންގެ ފިރިމީހާ މުފްތީ އަނަސް ސަނާ ދަމާފައި ގެންދާ މަންޒަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ބެލެވޭ ގޮތުގައި އަވަސް އަރުވާލައިގެން މީހުންތަކުގެ ތެރެއިން އަނަސް ސަނާ ދަމާފައި ގެންދިޔައީ އެމީހުންނާ ސުވާލުކުރަން މީޑިއާތަކަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
މި މަންޒަރު ފެެންނަ ވީޑިއޯއެއް އިންޓަނެޓުގައި މިހާރު ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ މާބަނޑު އަންހެނަކު އެގޮތަށް ދަމާފައި ގެންދިއުމަކީ ވަރަށް އަނިޔާވެރި ކަމެއް ކަމަށް ބުނެފަ އެވެ. ސަނާ އިނީ އެ ދެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ.
މި ވީޑިއޯ ވައިގައި ހިފުމުން ސަނާ ވަނީ ފިރިމީހާގެ ދިފާއުގައި ނުކުމެފަ އެވެ. އެގޮތުން އެހާ އަވަސް އަވަހަށް އޭނާ ގެންދިޔައީ ވަރުބަލިވެ މާ ބޮޑަށް ދާހިއްލަން ފެށުމުން ކަމަށް ސަނާ ބުނެފައިވެ އެވެ.
އެ ޕާޓީގައި ކަޅު ކުލައިގެ ޖަރީކޮށްފައިވާ ހެދުމެއް ލައިގެން ސަނާ ހުރިއިރު އޭނާގެ ފެނިލުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ވެސް ކުރަމުންނެވެ.
މުފްތީ އަނަސްއާ ކައިވެނި ކުރުމުގެ ކުރިން ސަނާއަކީ ނިވާކަން ކުޑަ ހެދުން ލައި އުޅުނު އެކްޓަރެކެވެ. އެހެން ނަމަވެސް ކައިވެންޏަށްފަހު ފަހު ތެދުމަގަށް އައީ ކަމަށް ބުނެ އޭނާ ވަނީ ކުރީގެ އުޅުން ދޫކޮށްލައިފަ އެވެ.