މިއަދަކީ ބޮލީވުޑްގެ "ސްޓާ ކިޑް"އެއް ކަމަށްވާ ނީސާ ދޭވްގަންގެ 20 ވަނަ އުފަން ދުވަހެވެ. މި ދުވަހުގެ މުނާސަތުގައި އޭނާގެ މައިންބަފައިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލް މިވަނީ އޭނާއަށް ހާއްސަ މެސެޖެއް ފޮނުވައިފަ އެވެ.
އެގޮތުން އަޖޭ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދަރިފުޅަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ބުނީ ނީސާއަކީ އޭނާގެ ފަޚުރު ކަމަށެވެ.
މަންމަ ކާޖޮލްގެ އާއި ނީސާގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމާ އެއްގޮތަށް ކާޖޮލް ނީސާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވަނީ ވަރަށް ތަފާތު ކޮށެވެ.
އެގޮތުން އެ ދެމައިން އެކުގައި ނަގާފައިވާ މަޖާ ފޮޓޯތަކެއް ހިއްސާ ކުރަމުން ކާޖޮލް ބުނީ އެއީ އަބަދުވެސް އެ ދެމައިންގެ ގުޅުން އޮންނާނެ ގޮތް ކަމަށާއި އޭނާގެ މިޒާޖަށް ލޯބިކުރާ ކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު އެހެން ޖޯޑުތަކުގެ ދަރިން ފަަދައިން ނީސާ ވެސް އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރު ވަމުންނެވެ. އޭނާގެ އެންމެ ފުރަތަމަ ފިލްމު ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.

ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
ޑެޕިޔުޓީ މޭޔަރު އަރީޝްގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފި