ފާޅުގައި ސޯޝަލް މީޑިއާގައި ވަގު ޑޮލަރު ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކުރާ މައްސަލައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ވަގު ޑޮލަރު ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ގެންދަނީ ދިވެހިންތަކެކެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައި ވަނީ ވަގު ޑޮލަރު ލިބެން އެބަހުރި ކަމަށެވެ. ވަގު ޑޮލަރު ވިޔަސް އެއީ "ސުޕަ ކޮލިޓީ" ގެ ވަގު ޑޮލަރު ކަމަށް ބުނެފައިވެއެވެ.
އަދި އެޑޮލަރުތަކަކީ އޭޓީއެމަށް ލެވޭ އަދި އަސްލު ޑޮލަރާ އެއްވެސް ތަފާތެއް ނެތް އެއްޗެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ޑޮލަރުގައި ހުރިހާ ސަލާމަތީ ފީޗާތަކެއްވެސް ފުރިހަމައަށް ހުންނާނެ ކަމަށް އެ ޕޯސްޓްތަކުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އިގްތިސޯދަކީ ޑޮލަރަށް ބަރޯސާވާ އިގްތިސާދެއް ކަމުން ޑޮލަރަކީ ރާއްޖެއަށް ވަރަށް މުހިއްމު ފައިސާ އެކެވެ.
ވަގު ޑޮލަރު ވިއްކުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫން ނަމަވެސް މަދުން ނަމަވެސް ހިނގާ ކަމެކެވެ. ވަގު ޑޮލަރުގެ މައްސަލައެއް އެންމެ ފަހުން ފުލުހުންބަލަން ފަށާފައި ވަނީ 2011 ވަނަ އަހަރު އެވެ.
އީފާސް މެދުވެރިކޮށް ތާއީދު ހޯދާ މައްސަލަ ބަލައެއް ނުގަތް
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
ތާރީހީ ދަތުރަކަށްފަހު ސުނީތާ ވިލިއަމްސް ރިޓަޔާ ކޮށްފި
