ރާއްޖޭގެ ދެކުނު އޮންނަ ޗާގޮސް (ފޯޅަވަހި)ގެ ރަށްތަކާ ގުޅޭ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮންމެ ގޮތަކަށް ނިންމިޔަސް ރާއްޖެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަންނަ ހުކުރު ދުވަހު ނިންމުމަށް ވަނީ ހަމަޖެހިފައި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އާ ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ މިއަދު ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އެއްބަސްވުމެއްވެފައިވީ ނަމަވެސް އަދި ކޯޓަކުން ނިންމުމެއް ނިންމި ނަމަވެސް ރާއްޖޭގެ ސަރަހައްދާއި ގުޅޭ ގޮތުން ގޮތް ނިންމޭނީ މަޖިލީހުގެ އިޖުރާއަތްތައް ފުރިހަމަކޮށްގެން ކަމަށެވެ. އަދި އެގޮތަށް ރާއްޖެއިން އެމެ ތަންފުކެއްވެސް މަޖިލީހުން ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އެކަމުން ދިވެހިރައްޔިތުންނަށް ކުރާ އަސަރު އެއްވެސް ބޭފުޅަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ.
ބައެއް މެމްބަރުން ވަނީ އެމައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި އެވެ. ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުން އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ސިއްރުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ޑީލެއް ހިނގި ކަމަށެވެ.
ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި 2019 ވަނަ އަހަރު ވޯޓު ދީފައި އެވެ. އެއާއި އެކު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބު ބެހުމުގެ މައްސަލައިގެ ތެރެއިން ރާއްޖޭން ވަނީ ސިޔާސަތު ބަދަލުކޮށްފައި އެވެ. ރާއްޖެއިންވެސް ވަކާލަތު ކުރަނީ 200 މޭލު ރާއްޖެ އަށް ލިބެން ޖެހެނެ ކަމަށެވެ.
ނަޝީދަކަސް ހަމީދަކަސް އަލިފުޅަކަސް ތީހަމަ އެއްބަޔެއް ބައިބައިވެގެންއުޅޭކަމައް ދައްކަނީ މީހުން އޮޅުވަން ފޯޅުވަހި މައްސަލަވެސް ތިޔަނިއްމުން ނިންމާފަ އޮތީ ރަނގަޅައް ވެއްޖެއްޔާ ނަޝީދައްވެސް ބައިއަޅާފަ އެހެންވީމާ ރަނގަޅުވާނީ ގުދޯ ގުދޯ ނުކިޔާ މަޑުންހުރިއްޔާ ރައްޔިތުން ދަނޭ ތިހުރިހާ މީހުންގެ ހުރިނުބައިކަންތައް