ބޭނުންވާނެ ތަކެތި

  • 250ގ ސްޕެގެޓީ ޕާސްތާ (ފެނުކައްކާފައި)
  • 75ގ ޑިނގާ (ނޮޅާ ސާފުކޮށް ހަދާ މެދުން ފަޅާފައި)
  • 75ގ ބޯވަދިލަމަސް (ސާފުކޮށް ހެދުމަށްފަހު ހަތަރެސްކަނަށް ކޮށާފައި)
  • 2 މޭޒުމަތީސަމުސާ އޮލިވް އޮއިލް
  • 1 މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)
  • 2 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
  • 1 ޖޯޑު ޓޮމާޓޯ (ކޮށާފައި)
  • 1 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 ސައިސަމުސާބެސިލް (ކޮށާފައި)
  • 1 ސައިސަމުސާ އޮރިގާނޯ
  • 2 މޭޒުމަތީސަމުސާ ޕާމެސަން ޗީޒް
  • މުގުރި އަސޭމިރުސް
  • ލޮނުކޮޅެއް

ތައްޔާރު ކުރާނެގޮތް

  • ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ބޯވަދިލަމަހާއި ޑިނގާކޮޅު ރޯފިލުވާލާށެވެ. އަދި ލޮނުމެދާއި ފިޔާކޮޅު އަޅައިގެން މީރުކޮށްލާށެވެ.
  • ޓޮމާޓޯކޮޅު އަޅާ އެއްކޮށްލުމަށްފަހު ޕީލްޑް ޓޮމާޓޯ އަދި ޓޮމާޓޯ ޕޭސްޓާއި ލޮނު އަދި އަސޭމިރުސްކޮޅެއް އަޅައިގެން 10 މިނިޓު ވަންދެން ކައްކާލާށެވެ.
  • ސޯސްގަނޑު ތެރެއަށް ބެސިލް އަދި އޮރިގާނޯ އެޅުމަށްފަހު އެންމެފަހުން ޕާސްތާކޮޅު އަޅާލާށެވެ.
  • ގިނި މަޑުކޮށްލުމަށްފަހު 1 މޭޒުމަތީސަމުސާ ޕާމެސާން ޗީޒް އެއްކޮށްލާށެވެ. އަދި އުނދުންމަތީން ބޭލުމަށްފަހު ތައްޔާރުކުރެވުނު ޕާސްތާކޮޅު ތަށްޓަކަށް ނެގުމަށްފަހު މައްޗަށް ބާކީ ހުރި ޕާމެސާން ޗީޒްކޮޅު ބުރުވާލާށެވެ.