ބޮޑެތި ފިރިހެނުން ޖޯޝުގައި އޭނާ ދެކެ "ލޯބިވާކަމަށް" ބުނަންޏާ ވަރަށް ބިރުގަންނަ ކަމަށް މަޝްހޫރު ބޮލީވުޑް ތަރި ސަލްމާން ޚާން ބުނެފި އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެ އޭ ބުންޏަސް ދޮގަކަށް ނުވާއިރު، ސަލްމާނު ވަނީ އޭނާގެ ހުނަރުން ގިނަ ބައެއްގެ ލޯތްބާއި ގަދަރު ހޯދާފަ އެވެ.

ހަމައެހެންމެ އިންޑިއާގައި މީހުން ލޯބިން ސަލްމާނަށް ގޮވައި އުޅޭ ނަމަކީ "ބާއީ" (ބޭބެ) އެވެ. އެއީވެސް އޭނާއަށް އޮތް ލޯބި އަންގައިދޭ ކަމެކެވެ. އެހެންނަމަވެސް ބައެއް ފޭނުން ވަރަށް ގިނަ ފަހަރު އެކަމުގައިވެސް ހައްދުފަހަނަ އަޅައިދަކަމަށް ސަލްމާނު ވަނީ ބުނެފަ އެވެ.

އޭނާ ބުނިގޮތުގައި ދުބާއިގައި ސަލްމާނު ބައިވެރިވި އިވެންޓެއްގައި ފޭނަކު ޖޯޝުގައި ސަލްމާނު ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ބުނެ ހަޅޭއްލަވަމުން ދިޔަ އެވެ.

އެހެންކަމުން ސަލްމާނު އޭނާއާ މުހާތަބުކުރަމުން ވެސް އެވާހަކަ ބުނެފައިވެ އެވެ. އެގޮތުން ބޮޑެތި ފިރިހެނުން ސަލްމާނު ދެކެ ލޯބިވާކަމަށް ބުނާނަމަ، ވަރަށް ބިރުގަންނަ ކަމަށް ސަލްމާނު ބުންޏެވެ. ސަލްމާނު ވަނީ އެމީހާ ގާތު ކައިވެނި ކޮށްފައި ހުރޭތޯ ވެސް އަހާފަ އެވެ. އަދި ސަލްމާނުގެ ކައިވެނި ނުވާކަމަށް ވެސް ސަލްމާނު އޭނާ ގާތު ބުނެފައިވެ އެވެ.