އަބިޝެކް ބައްޗަން ޓްރޯލް އަށް ދިން ވަލު ޖަވާބަކުން އައިޝްވާރިޔާ އިތުރަށް މަސައްކަތް ކުރަން ދޫކޮށްލުމަށް އެދުމުން ގިނަ ފަހަރަށް އިންޓަނެޓް ކާމިޔާބުވެ އެވެ

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ވަނީ އޭނާގެ އަންހެނުން ބަތަލާ އާއިޝްވާރިއާ ރާއީ ބަޗަން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ހުއްދަ ހޯދާކަން ނުޖެހޭނެ ކަމަށެވެ. އަބީޝެކް މިހެން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވާރިއާގެ "ޕޮނިޔިން ސެލްވަން" - ޕީއެސް 2 ބަލާފައި އެ ފިލްމަށް ތައުރީފުކޮށް އޭނާއަށް ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ޓްވީޓާގައި މީހަކު އެދުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކުރި ޓްވީޓެއްގަ އެވެ.

"އައިޝްވާރިއާއަށް އެއްވެސް ކަމެއްގަ ހުއްދައެއް ބޭނުމެއް ނުވާނެ އަޅުގަނޑުގެއެއް. ހުރިހާ ކަމެއްގަ ވެސް ކުރިއެރުން އެދެން، އަދި އޭނާ ކުރަން ލޯބި ކުރާ ކޮންމެ ކަމެއް ކުރެވޭނެ،" އަބީޝޭކް ބުންޏެވެ.

އައިޝްވާރިއާ އާއި އަބީޝެކް ކައިވެނިކުރީ 2007 ވަނަ އަހަރު އެވެ. އެދެމީހުންގެ މިހާރު 11 އަހަރުގެ އަންހެން ކުއްޖެއް ހުރެ އެވެ.

ކުރީގެ ކާމިޔާބު ފިލްމުތެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ބޮލީވުޑްގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. "ޕީއެސް 1" އާއި "ޕީއެސް 2" އަކީ އެ ފިލްމުގެ ފަހުން އައިޝްވާރިއާ ކުޅުނު ފިލްމެވެ. މި ތަމަޅަ ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރީ މިދިޔަ އަހަރު އެވެ.

އައިޝްވާރިއާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި އެ އަހަރުގެ "ތާލް" ގެ އިތުރުން 2002 ގެ "ދޭވްދާސް" ގެ އިތުރުން 2006 ގެ "ދޫމް 2" އެވެ.