ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާންގެ ފުރަތަމަ ޑައިރެކްޓްކުރާ ވެބް ސީރީޒްގެ ނަން އިއުލާނު ކޮށްފި އެވެ. އެގޮތުން އާރްޔަން ޑައިރެކްޓްކުރާ ފުރަތަމަ ވެބް ސީރީޒްގެ ނަމަކީ "ސްޓާޑަމް" އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ މިވެބް ސީރީޒްލިޔެ ޑައިރެކްޓް ކޮށްފައިވަނީ އާރްޔަން އެވެ. މިއީ ފިލްމީ ދާއިރާގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ ސީރީޒެކެވެ.
"ސްޓާޑަމް" ގެ ޝޫޓިން ފެށުމުގެ ތައްޔާރުވެފައިވާއިރު މިސީރީޒް ޕްރޮޑިއުސްކުރާނީ އާއިލީ ފިލްމި ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓުނެވެ. މިއީ އޭނާގެ ބައްޕަ ޝާހްރުކްގެ ކުންފުންޏެކެވެ.
މިސީރީޒް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އާރިޔަން ޚާން ދާދި ފަހުން ވަނީ އޭނާގެ ބްރޭންޑް "ޑައިވޮލްއެކްސް ސްޓޭ" ގެ އެޑްވާޓޯރިއަލް ކެމްޕެއިނެއްގައި ބައްޕަ ޝާހްރުކް ޚާނާއެކު އިޝްތިހާރެއް ކުޅެފަ އެވެ. މި އިޝްތިހާރު ޑައިރެކްޓް ކޮށްފައި ވަނީ އާރްޔަން އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެޓް އޮފީސް
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!
ޑޮން 3: ފަރްހާން އެންމެ ފަހުން އިދާރާތަކަށް!