ދިވެހިންނަށް ނޭނގި ދިވެހިންގެ ސަރަހައްދުން ބައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިއްކާލާފައިވާތީ އެމަނިކުފާނު އަޒުލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވެރިކަމުގައި އެހުންނަވައިގެން އެކުރައްވާ ކަންކަމަކީ އެމަނިކުފާނުގެ ރިޔާސީ ކެންޑިޑަސީ އާއިވެސް އަދި މިދައުރު ނިންމާލެވޭނެ ކަމާމެދުވެސް ސުވާލުއުފެއްދޭނެ ވަރުގެ ކަމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު އަޒުލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ވެރިކަމުގައި ހުންވައިގެން އެކުރައްވާ ކަންކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
"ރައީސް ސޯލިހު އަޒުލު ކުރުމުގެ މަސައްކަތް މިފަށަނީ އެއީ މިއަދު ދިވެހި ރައްޔިތުން އެދެނީ އެމަނިކުފާނު އަޒުލު ކުރަން އެމަނިކުފާނަށް ވެރިކަމުގައި ހުންނަވައިގެން ކުރެއްވޭނެ ކަންތައްތަކެއް ނޫން އެކުރައްވަނީ މިހާރު ދިވެހި ރާއްޖޭގެ ސަރަހައްދުން ބައެއް އެވިއްކާލީ މަސްވެރިންގެ ކަނޑު އެވިއްކާލީ ރޯމާ ދުވާލު" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ މިއަދު ވަޑައިގެންނެވީ ޗާގޯސް މައްސަލަ ކުރިއަށް ދިޔައީ ދިވެހީން އެދޭގޮތަށް ކުރިކަމެއްކަން ދުނިޔެ އަށް ދައްކަން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރާއްޖެއިން ބައެއް ދިވެހިންނަށް ނޭނގި ސިޓީއަކުން މިވިއްކާލި ވިއްކާލުމަކީ ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށާ އެހެންވެ އެމަނިކުފާނު ރައީސް ސޯލިހު ވެރިކަމުން އަޒުލު ކުރުމުގެ މަސައްކަތް ފަށަނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިޓީ ފުޅެއް ފޮނުއްވާފައި އެވެ. އެހެން ނަމަވެސް އެސިޓީފުޅު ކަމަށް ބުނެ އާންމުވެގެން އުޅޭ ސިޓީ އަކީ އެމަނިކުފާނު ފޮނުއްވި ސިޓީ ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި އެވެ.
މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.
އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.
އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.