ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ދިން ހަމަލާ ތަހުގީގުކޮށް އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަށް އެމްޑީޕީ ގޮވާލައިފި އެވެ.
މެންބަރު ޒަރީރަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް އާދީއްތަ ދުވަހުގެރޭ ފަތިހު 5:08 ހާއިރު އެވެ.
ޒަރީރަށް ދީފައިވާ ހަމަލާ ކުށްވެރިކޮށް އެމްޑިޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ ތަހުގީގު މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު މިމައްސަލާގައި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވި އެވެ.
މި ހަމަލާގައި މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާ ވެސް ހޯއްދަވާފަ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި
ވިޓަމިން ޑީ މަދުވުމުން ފެނިދާނެ ފާހަގަކުރަން އުނދަގޫ 5 އަލާމާތެއް
ބޮޑު ބަދަލާއި އެކު ކުރިމަތިލާން ޖެހޭނީ 2023 ގެ ނާކާމިޔާބީއާ