އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިއުމުން ސަސްޕެންޑް ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީ އިން މެސީ ސަސްޕެންޑް ކުރީ އެ ކްލަބުގެ ހުއްދައާ ނުލައި ސައުދީ އަރަބިއްޔާއަށް ދަތުރެއް ކުރުމުނެވެ. އެ ދަތުރަކީ ސައުދީގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މެސީ ކުރި ދަތުރެކެވެ. އެ ދަތުރުގައި މެސީގެ އަންހެނުންނާއި ކުދިން ވަނީ ސައުދީގެ އެކި ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.
ފްރާންސްގެ މީޑިއާތަކުން ސަސްޕެންޝަންގެ މުއްދަތަކީ ދެ ހަފްތާ ކަމަށް ރިޕޯޓް ކުރި ނަމަވެސް މެސީ ސަސްޕެންޝަންގެ މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.
ދެ ހަފްތާގެ ސަސްޕެންޝަނެއްގެ ސަބަބުން ޕީއެސްޖީގެ ކުރިއަށް އޮތް ދެ މެޗުގައި މެސީ ނުކުޅެވޭނެ އެވެ. އަދި މިމުއްދަތުގައި މެސީއަށް މުސާރައެއްވެސް ނުލިބޭނެ އެވެ.
މިދިޔަ އަހރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން ޕީއެސްޖީއާ އެކު ހަދާފައިވާ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް މި ސީޒަނަށް ހަމަވާނެ އެވެ. ބާސެލޯނާގެ ނައިބު ރައީސް ރަފައެލް ޔުސްޓޭ ވަނީ އޭނާ މެސީ އެނބުރި ބާސެލޯނާއަށް ގެންނަން އޭނާއާ އެކު މަޝްވަރާކުރި ކަމަށް މިދިޔަ މާޗު މަހު ހާމަކޮށްފަ އެވެ
ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް: ރައީސް
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފަށަނީ
ލޭ ލިބުން ދަތިވެ، ބްލަޑް ސާވިސްއިން އާންމުންގެ އެހީއަށް އެދެފި