ޗާގޯސްގެ ސިޔާދަތީ ބާރު ދޫނުކުރި ނަމަ އިކުއިޑިސްޑެންސްކޮށް ބަހާކަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމާއި ގުޅިގެންނެވެ.

ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބައްވައި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި ކުރީގެ ބަންޑަރަ ނައިބު ޑރ. މުނައްވަރަށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ދޫނުކުރި ނަމަ އިކުއިޑިސްޑެންސްކޮށް ބަހާކަށް ނުޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިސްނެވީ ބައިލެޓްރަލް އެގްރީމަންޓަކުން ބޯޑަރު ކަނޑައަޅަން އަދި ފުށުއަރާ ސަރަހައްދު ވާހަކަ ނުގެނެސް މޮރިޝަސް އެއްބަސްވީމާ ސިޔާދަތީ ބާރުގެ ވާހަކާގައި ދޫދެއްވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގަސްތުގައި މި ސަރުކާރުން ދޫކޮށްލީ ކަމަށާއި އެއްވެސް އިރެއްގައި ރާއްޖެ ދިފާއު ކުރުމަށް ސަރުކަރުން އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށެވެ.

ރާއްޖޭގެ ސަރަހައްދު ކަނޑަނާޅަޔޭ މި ސަރުކަރުން ބުނާ ވާހަކަ އެއީ ބުހުތަނު ދޮގެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑަނާޅަޔޭ ބުނާނެ ޖާގައެއް ނޯންނާނެ ކަމަށާއި ގާނޫނުގެ ދަށުން ރާއްޖޭގެ ގާނޫނީ ކަނޑުގެ ސަރަހައްދު ކަނޑައަޅާފައިވާ ކަމަށެވެ.

މިމައްސަލާގައި އިޓްލޮސް އިން ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑިސްޑެންސް އަށް ބަލައިގެންނެވެ.