މިދިޔަ ހޯމަ ދުވަހުގެ ރޭ ހއ. ދިއްދޫ ފަރަށް، އެމްއެމް އެކްސްޕޯޓްގެ މުތާ ޕްރިންސަސް ޓަގު ބޯޓު އެރުމާގުޅިގެން އެވަރަށް ލިބުނު ގެއްލުންތައް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭ އިން ބުނީ ޓަގު ބޯޓު ވަރަށް އަދައިގެން ލިބުނު ގެއްލުންތައް ބަލަން ފަށާފައިވާ ކަމަށެވެ.

އެކަމާގުޅޭ ހާއްސަ ޓީމް އެއް މާދަމާ އެރަށަށް ދާނެ ކަމަށާ ވަރަށް ލިބިފައި ހުރި ގެއްލުންތައް ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

މިފަދަ މައްސަލަތަކުގައި ލިބޭ ގެއްލުން ބެލުމަށްފަހު އެއުޅަނދެއް ނިސްބަތްވާ ކުންފުނި އީޕީއޭޖޫއީޕީއޭއިން ކުރެއެވެ.

ފަރަށް އެރި ޓަގު ބޯޓު ފުން ކުރީ އެހެން ޓަގު ބޯޓެއް ބޭނުން ކޮށްގެންނެވެ. ދިއްދޫ ކައުންސިލުން ބުނީ ފަރު މަތީ އޮތް ޓަގު ބޯޓު ފުން ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބޮޑު ދިޔާގައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެޓަގު ބޯޓާއެކު އެރަށަށް ގެންދަން ހިލަ ބަރުކޮށްފައި އޮތް ބާޖެއް ވެސް ފަރަށް އަރާފައިވެ އެވެ. އެހެން ނަމަވެސް އެދުވަހު އެބާޖު ވަނީ ފުންކޮށްފަ އެވެ.

ދިއްދޫ ކައުންސިލުން ބުނީ ޓަގް ބޯޓާއި ބާޖް ފަރަށް އެރި މައްސަލަ އެންވަޔަރްމެންޓް މިނިސްޓްރީ އާއި އީޕީއޭ އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގު ބޯޓެއް 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް އަރާފައިވެ އެވެ. އެފަހަރު އެކުންފުނި 110 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި އެވެ. އެފަހަރު އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި އެވެ.