ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ލިއޮނާޑޯ ޑިކެޕްރިއޯ 10.5 މިލިއަން ޑޮލަރުގެ ގެއެއް ގަނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލިއޮނާޑޯ އާ ގެއެއް ގަނެފައި ވަނީ މިހާރު އޭނާ ދިރިއުޅޭ ގެއާ ޖެހިގެންނެވެ. މިއީ 3،500 އަކަފޫޓަށް ވުރެ ބޮޑު ގެއެއް ކަމަށާއި ހަތަރު ކޮޓަރި އާއި ހަތަރު ފާހާނާ މި ގޭގައި ހުރެ އެވެ.

އޮސްކާ އެވޯޑް ހޯދާފައިވާ އުމުރުން 48 އަހަރުގެ ތަރި މި ގެ ގަނެފައި ވަނީ އޭނާގެ ކޮއްކޮ ރޮބަޓް ހުރްޓިކާއާ ގުޅުން ހުރި ކުންފުންޏެއް މެދުވެރިކޮށެވެ.

ލިއޮނާޑޯ ބޮޑު މަގްބޫލު ކަމެއް ހޯދި، 2013 ވަނަ އަހަރު ނުކުތް ފިލްމު "ވޮލްފް އޮފް ދަ ވޯލް ސްޓްރީޓް" އަކީ ޗޯ ފަންޑުކޮށްގެން ހަދާފައިވާ ފިލްމެކެވެ.

މީގެ އިތުރުން މެލޭޝިއާގެ ބޮޑު ހިޔާނާތާއި ގުޅިގެން ލިއޮނާޑޯ އާއި ވަނީ ސުވާލުކޮށްފަ އެވެ.