ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވެބް ސީރީޒްތަކާއި ލަވަތަކެއް ޑައިރެކްޓް ކޮށްފައިވާ އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު"ގެ ޝޫޓިން ފަށައިފި އެވެ.

އަޒްހާން ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމަކީ އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"މީ އިޝްގު" ގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ފިލްމަށް ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.

https://www.facebook.com/photo/?fbid=158762687156340&set=a.158762703823005

ލީނާޒް ހުސެން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ނިންމާފައިވަނީ މާލެ އާއި މާފުށީގަ އެވެ. ފިލްމްގެ މިއުޒިކް މަސައްކަތްތައް ކުރާނީ ދިވެހި މިއުޒިޝަން އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

https://www.facebook.com/watch/?v=945208666491642

މި ފިލްމުގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމު އޮލިމްޕަހަށް އަންނާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ފީޗާ ފިލްމެއްގެ މަސައްކަތް އަޒްހާން މި ފެށީ ދެ ވެބް ސީރީޒެއް ގެނެސްދިނުމަށް ފަހު އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.

މި ދެ ސީރީސްއަކީ ވެސް ކްރައިމް ތުރިލާ ޖޯންރާއަށް ފެތޭ، ދިވެހި އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާފައިވާ އުފެއްދުންތަކެވެ. މި ދެ ސީރީޒް އަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެ ސީރީޒެވެ.