ފުރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެޓީމުން ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ހިލާލް ގުޅެން އެއްބަސްވެއްޖެ އެވެ.

އަންނަ މަހު 36 އަހަރު ފުރޭ މެސީ ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީގެ އަލް ހިލާލްއާ މެސީ ގުޅުނީ 662 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

އަލް ހިލާލް އާ މެސީ ގުޅުމަށް ނިންމީ އޭނާގެ ކުރީގެ ކްލަބް، ބާސެލޯނާ އާއި އިޓާލިއަން ލީގުގެ ޓީމެއްގެ އިތުރުން އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)އަށް މެސީ ގެންދިޔުމަށް މަސައްކަތް ކުރަނިކޮށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ ސައުދީ ޓީމަކަށް ސޮއި ކޮށްފައިވާއިރު ސައުދީ އަރަބިއްޔާ މެސީ ވަރަށް ފަހުން ވަނީ ކޮމާޝަލް ދަތުރެއް ކޮށްފަ އެވެ. މ،ިދަތުރާ ގުޅިގެން މެސީ ޕީއެސްޖީއިން ސަސްޕެންޑްވެސް ކުރިއެވެ. އެހެން ނަމަވެސް ހަފްތާއެއް ފަހު މެސީ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ލޯރިއަސް ސްޕޯޓްސް އެވޯޑްސް ގައި މެސީ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅިވަރު ޝަހުސިއްޔަތަށް ދޭ އެވޯޑް ހާސިލް ކޮށްފަ އެވެ. މެސީ އަކީ މި އެވޯޑް ހާސިލް ކޮށްފައިވާ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ މެސީ ވަނީ 2020 ވަނަ އަހަރު ވެސް މި އެވޯޑް ހާސިލް ކޮށްފަ އެވެ