ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހިޔާ ފްލެޓް ސަރަހައްދުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ތަފާތު ހަރަކާތްތަކާއެކު މިއަދު ހަވީރު 4:00 ޖަހާއިރު ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވާ އެ ހަވީރުގައި ހުރިހާ ކުޑަކުދިނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިހަވީރުގައި ސްނޭކް އެންޑް ލެޑާ ފަދަ ކުޑަކުދިންނަށް ހާއްސަ ގޭމްތަކާއި ކުލަޖެއްސުން ފަދަ ހަރަކާތްތައް ހިމެނޭ ސްޓޯލްތައް ހުންނާނެ އެވެ.
މީގެ އިތުރުން ކުދިންގެ މުނިފޫހިފުލުވުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.
ރާއްޖޭގައި ކާސަލެއް ހަދައިގެން ބޭއްވި ބޮޑު ޕާޓީއަށް ސަމާލުކަން
ލޯނު ލިބޭ އެންމެ މަތީ އުމުރު 75 އަހަރަށް ވުރެ މަތިކުރަން އެދިއްޖެ
ބޮކްސްއޮފީހުގައި ސަލްމާންއާއި ޝްރައްދާގެ ކުރިމަތިލުމެއް!