ހުޅުމާލެ ފޭސް ދޭއްގައި ކްރޫޒް ލައިން ޓާމިނަލް އަޅަން އޮތް ސަރަހައްދު ހިއްކަން އާބަންކޯ އިން ނިންމައިފި އެވެ.
ހުޅުމާލެ މާސްޓަ ޕްލޭންގައި އޮތީ ފޭސް ދޭއް ގުޅުވައިދޭ ބްރިޖްތައް ހިމެނޭ ވޯޓާ ކެނަލްތަކުގެ ހުޅަނގު އުތުރުކޮޅުގައި ކުރޫޒް ލައިން ޓާމިނަލެއް އަޅާށެވެ. އެހެން ނަމަވެސް އެސަރަހައްދު ފަރުކޮޅުފުއްޓާ ހަމައަށް ހިއްކައި އެތަނުން ފްލެޓު ދިނުމަށް ނިންމާފައިވާ ކަމަށްވެ އެވެ.
ހުޅުމާލެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައި ވަނީ ބްރިޖު އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާ އެވެ.
އެ ސަރަހައްދު ހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް އެތަނުން ގޯތި ދިނުމަށެވެ.
އެސަރަހައްދުގައި ކްރޫޒް ލައިން ޓާމިނަލް އެއް ހެދުމަށް 2021 ވަނަ އަހަރު އިއުލާންކުރުމުން އެކަމުގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
ކޯޓުން ކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އަދީބު ދައްކައިފި
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!
