ސައުތު އިންޑިއާގެ ފިލްމުތަކުުން ފެނިގެންދާ ކާމިޔާބު ތަރިއެއްގެ ގޮތުގައި ތާޕްސީ ޕަންނޫ ހިމެނެ އެވެ.

ތާޕްސީ އަކީ ގިނަ އެކްޓަރެއްގެ އިތުރުން މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. ހަމަ އެހެންމެ އޭނާގެ ކިބައިގައިވާ ބުރަ މަސައްކަތް ކުރުމުގެ މިޒާޖުންނާއި، ނުގުޑާ ހިތްވަރަކީ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ކަމެކެވެ.

ތާޕްސީ އޭނާގެ ހަޔާތުގައި އެކްޓަރަކަށް އަދި މޮޑެލްއަކަށްވުމުގެ ކުރިން އެންމެ ފުރަތަމަ، މަސައްކަތް ކުރީ ސިވިލް އިންޖީނިއަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ކޮމްޕިއުޓާ ސައިންސް އެންޑް އިންޖިނިއަރިން އިން ތައުލީމު ހާސިލްކޮށްފަ އެވެ.

ހަމައެހެންމެ ގިނަ ބަޔަކަށް ނޭނގޭ އެއް ކަމަކީ ތާޕްސީ، އޭނާގެ މަސައްކަތުގެ ތެރެއިން އެޕްލިކޭޝަނެއް ވެސް އުފައްދާފައިވާކަމެވެ.

"ފޮންޓް ސްވެޕް" ނަމަކަށް ކިޔާ އެޕްލިކޭޝަން ތާޕްސީއާ އޭނާގެ ދެ ރަހުމަތްތެރިންގެ މަސައްކަތުން ވުޖޫދަށް އައިސްފައިވާއިރު، މި އެޕަކީ، ފޯނުގައި އެކި ފޮންޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އެޕާ ގުޅިގެން ތާޕްސީ ފާހަގަކުރިގޮތުގައި މިހާރު މިފަދަ އެތައް އެޕްލިކޭޝަނެއް އިންޓަނެޓުގައި ލިބެން ހުރެ އެވެ.

ތާޕްސީ އޭނާގެ ފިލްމީ ކެރިއަރު ފެށީ 2010 ވަނަ އަހަރު ނެރުނު ތަމިލް ފިލްމެއް ކަމަށްވާ "ޖުންމަންޑީ ނާޑަމް" އިންނެވެ. އޭގެ އަހަރުތަކެއް ފަހުން ހިންދީ ފިލްމުތަކުން ވެސް ތާޕްސީ ފެނިފައިވެ އެވެ. ހިންދީ ފިލްމު އިންޑަސްޓްރީގައި އޭނާގެ ފުރަތަމަ ފިލްމަކީ "ޗަޝްމޭ ބައްދޫރު" އެވެ.