އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ އާ ގުޅިގެން ދުދައްކަވާ ހުރި ފައިސާ ބަހާލައިގެން ދެއްކެވުމަށް ފުރުސަތު ދެއްވުމަށް އަދީބުގެ ފަރާތުން އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާއެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރި އެވެ. އޭގެ ތެރެއިން މިހާރު ނުދައްކާ އޮތީ އެއް މިލިއަން ރުފިޔާ އެވެ.

އެ ފައިސާ ހޯދަން ދައުލަތުގެ ފަރަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގަތީ އެންމެ ފުރަތަމަ އެއް ލައްކަ ރުފިޔާ ދައްކައި އޭގެ ފަހުން ކޮންމެ މަހަކު 20،000ރ. ދައްކަމުން ގޮސް ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށެވެ. އެހެންނަމަވެސް ދައުލަތުން ހުށަހަޅާފައިވަނީ އެއްފަހަރާ ދެލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީ މަހުން މަހަށް ބަހާލާގޮތަށެވެ.

ދައުލަތުގެ އެހުށަހެޅުމާއި އެކު އެކަމާ އަދީބް ނިންމަވާ ގޮތެއް ހުށަހެޅުމާސް ކޯޓުން ވަނީ އަދީބުއަށް ފުރުސަތު ދެއްވާފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ހަތް ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެވަޑައިގަތުމުން އަދީބަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު އޭނާ ތަންފީޒު ކުރަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ ޖަލު ހުކުމެކެވެ.