ވޮޝިންޓަން (6 ޖެނުއަރީ) އެމެރިކާގެ ރިޔާސީ އިންތިހާބު ނިމި ރައީސާއި އަދި ނައިބު ރައީސް އިންތިހާބުކޮށް ނިމިއްޖެ އެވެ. ނަމަވެސް އިތުރު އެހެން އިންތިހާބެއްގެ ފޯރި އެމެރިކާގައި ވަނީ ގަދަވެފަ އެވެ. އެމެރިކާގެ ސެނެޓްގައި ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން އިންތިހާބުކުރުމަށް ވޯޓްލުން ނިމި ވޯޓް ގުނުން ކުރިއަށް އެބަދެ އެވެ.

އެމެރިކާގެ ސެނެޓްގެ ޖޯޖިއާގެ ހާއްސަ އިންތިހާބެއް ބާއްވަން ޖެހުނީ ޖޯޖިއާ ސްޓޭޓްގެ ސެނެޓަރަކަށް ހުންނެވި ސެނެޓާ ޖޯނީ އިސާކްސަން އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޖޯޖިއާގެ ގަވަނަރު ވަނީ ވަގުތީ ގޮތުން އެ މަގާމަށް ރިޕަލިކަން ކެންޑިޑޭޓް ކެލީ ލެއޯފެލާ އައްޔަންކުރައްވާފަ އެވެ.

ޖޯޖިއާގެ އިލެކްޝަނުން މުހިންމުވާ ސަބަބުތަކުގެ ތެރޭގައި އަލަށް އިންތިހާބުވި ރައީސް ޖޯ ބައިޑެންގެ ހަތަރު އަހަރުގެ ސަރުކާރު ހިންގުމަށް ފަސޭހަވުމާއި ނުވުން ބިނާވެގެންދާނެ އެވެ. ޑިމޮކްރޭކްޓުންގެ ކެނޑިޑޭޓުން ހޮވިއްޖެނަމަ ސެނެޓްގެ އަގްލަބިއްޔަތު ދެ ޕާޓީއަށް އެއްވަރަށް ލިބިގެންދާނެ އެވެ.

ރިޕަބްލިކަންގެ ކެނޑިޑޭޓުން ހޮވިއްޖެ ނަމަ ރައީސް ޖޯ ބައިޑެންގެ ހަތަރު އަހަރުގެ ދައުރުގައި ރައީސް ބޭނުންވާ ވަރަކަށް ކަންކަން ނުވާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ. އަދި މީގެ އިތުރުން ޑިމޮކްރެޓިކް ކެނޑިޑޭޓުން ހޮވިއްޖެނަމަ ވޯޓް އޮޅުވާލި ކަމަށް ޓްރަމްޕް ވިދާޅުވެ ކުރައްވަން ބޭނުންވާ ކަންކަން ކުރުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެގެން ދާނެ އެވެ.

މި އިންތިހާބުގައި ވާދަކުރަނީ ރިޕަބްލިކަންގެ ޕާޓީގެ ފަރާތުން މިހާރު ވެސް ސެނެޓްގެ މެމްބަރު ކެލީ ލެއޯފެލާ އަދި ޑޭވިޑް ޕާޑުއު އެވެ. ޑިމޮކްޓެރިކް ޕާޓީގެ ފަރާތުން ވާދަކުރަނީ ޖޯން އޮސޮފް އާއި ރަފޭލް ވާނޮކް އެވެ.

ސެނެޓްގެ ކޮންޓްރޯލް މިހާރުގެ ރައީސް ޖޯ ބައިޑެންގެ ޕާޓީ ޑިމޮކްރޭޓްސް އަށް ލިބިއްޖެނަމަ ބައިޑެން ގެންނަން ކުރައްވަން ވައުދުވި ކަންކަން ހާސިލްކުރައްވަން ފަސޭހަވެގެންދާނެ އެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވޭ ގާނޫތަކުގެ ތެރޭގައި އިމިގްރޭޝަންގެ ގާނޫނާއި ވޯޓުލުގެ ހައްގު، ފަގީރުކަމާއި ނަސްލީ ތަފާތުކުރުންތަށް ނައްތާލުމުގެ ގާނޫން ހިމެނެ އެވެ.

އިންތިހާބުގެ ވޯޓްލުން ނިމި ވޯޓް ގުނުން ކުރިއަށްދާއިރު މީޑީއާ ހަބަރުތައް ބުނާގޮތުން ސެނެޓްގެ އެއްގޮނޑި ޑިމޮކްރެޓިކް ކެނޑިޑޭޓް ރަފޭލް ވާނޮކް ވަނީ ރިޕަބްލިކަންގެ ކެނޑިޑޭޓް ކެލީ ލެއޯފެލާ އާއި ވާދަކޮށް ކާމިޔާބުކޮށްފަ އެވެ. މި އިންތިހާބުގައި 4 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓްލާނެ ކަމަށް ބެލެވެ އެވެ. - ގާޑިއަން