ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި މަކަތާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ އެޕާޓްމަންޓްތަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.

ފުލުުހުން ވަނީ މިއަދު މަންޑޭ ދިރިއުޅޭ އަމީން އެވެނިއު އެޕާޓްމަންޓޫ ބަލާ ފާށް ކޮށްފައެވެ އަދި އޭނާ އާއި ގުޅުން ހުރި އެހެން އެޕާޓްމަންޓަކަށް ވެސް ފުލުހުން ވަންނަން އުޅޭކަން ވަނީ އެނގިފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ކޭޕާކު ތަރައްގީކުރާ ހަންބޯ ކުންފުނީގެ ޗައިނާ ހިއްސާދާރު ފުލުހަށް އެ މައްސަލަ ހުށަހެޅުމުންނެވެ. މީގެ އިތުރުން އާބަންކޯއިން ވެސް ވަނީ އެމައްސަލަ ފުލުހަށް ހުށާހަޅާފަ އެވެ.

މިމައްސަލާގައި ފުލުހުން ވަނީ މަންޑޭގެ ޕާސްޕޯޓުވެސް ހިފަހައްޓާފަ އެވެ. މީގެ އިތުރުން މިމައްސަލާގައި މަންޑޭ އާއެކު ވިޔަފާރިކުރި އާބަންކޯގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑު ކޮށްފަ އެވެ.

ސައުތުު ކޮރެއާގެ ހަންބޯ ކުންފުނީގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ އެތައް ބަޔަކަށް ނުއަގުގައި ފްލެޓް ވިއްކާފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

މިމައްސަލާގައި މަންޑޭއަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ ރައްދު ދީފައި އެވެ. އޭނާ ބުނީ ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ޖިން ޝީހޫ މަސައްކަތްކުރީ ފްލެޓް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެއިން ފިލަން ކަމަށެވެ. އަދި މަންޑޭގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ބޭނުންވާ ގޮތަށް ކަންތައް ނުވުމުން ކަމާސް މަންޑޭ ބުނެފައިވެ އެވެ.

ހަންބޯ ކުންފުނިން ވަނީ ހަސަން މަމްދޫހުގެ މައްޗަށް މިފަދަ ގިނަ ތުހުމަތުތަކެއް މީގެ ކުރިން ވެސް ކޮށްފަ އެވެ.