ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑު ކުރި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އަލުން ވަޒީފާއަށް ނިކުންނަން ފަށައިފި އެވެ.
ވެމްކޯ އިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އޭނާ ސަސްޕެންޑްކޮށްފައި ވަނީ 14 ދުވަހަށް، މިމަހުގެ 4 ވަނަ ދުވަހު އެވެ.
އޭނާ މަގާމުން އެކަހެރިކޮށްފައި ހުންނަވަނިކޮށް ވެސް ވެމްކޯގެ ރަސްމީ ދަތުރެއްގައި ވަނީ ބައިވެރިވެފަ އެވެ.
އެ ކުންފުނީގައި އޮންނަ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އިން ބަލަމުން ދަނީ، ކުރީގެ ޖެނެރަލް މެނޭޖަރަކަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ.
ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތެރެއަށް ސިރާޖު ވަންނަވައި، މައްސަލަ ބަލާ ކޮމިޓީއަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މައްސަލަ ބަލާ ކޮމިޓީގެ ޗެއާޕާސަން މަގާމުން ވަކިކުރައްވައި އެ މަގާމަށް އެހެން މީހަކު އޭނާ ހަމަޖެއްސެވި ކަމަށެވެ.
12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ކާޑެއްދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް
