އަސްލަމް ވިދާޅުވީ މުއްދަތަށް ނުނިމުނު ނަމަވެސް ސަރުކާރުން ބްރިޖުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށް. މި ބްރިޖަކީ ކުރިން އެޅި ބްރިޖާ ޚިލާފަށް ޓެމްޕަރަރީ ބްރިޖެއް ނާޅައި މަސައްކަތް ކުރިއަށްދާ ބްރިޖެއް ކަމަށް މިނިސްޓަރު ވިދާޅުވޭ.

މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު (ތިލަމާލެ ބްރިޖު) މަޝްރޫއުގެ މަސައްކަތުގެ ސްޕީޑު ލަސްކަމަށާއި އެކަމަކު މިހާރު ދީފައިވާ ތާރީހަށް މަސައްކަތް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތުގެ ތަފްޞީލް ހޯއްދެވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބޮންޑެ ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ތަނެއް ނުފެންނަ ކަމަށެވެ. އެހެންވެ، ބްރިޖުގެ މަސައްކަތް ނިމޭނެ ތާރީހެއް އެނގޭތޯ މެމްބަރު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ބުރިޖުގެ މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަށް އިތުރު މުއްދަތެއް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެ މަސައްކަތުގައި ލަސްތަކެއް އުޅޭ ކަމަށް މިނިސްޓަރު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

"ކޮންޓްރެކްޓާގެ މަސައްކަތުގެ ޝެޑިއުލަށް ބަލާފަ އެބަހުރި ޑިލޭޒް. މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން އައިސް ހުރީކީ. އޭގެ ތެރެއިން ކޮންމެވެސް ވަރެއް ކެޗަޕް ކުރެވޭނެ ކޮންމެވެސް މިންވަރަކަށް،" އަސްލަމް ވިދާޅުވި އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫ އެވެ. މިމަޝްރޫގެ ދަށުން ހަތަރު ރަށެއް ގުޅުވާލާނެ އެވެ. އެއީ މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށްޓެވެ. މިކަމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު މިވަގުތު ވެސް މާލެއާއި ވިލިމާލެއާއި ގުޅީފަޅުގެ ބްރިޖް ސައިޓްގައި މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ.

ބޮންޑެގެ ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މުއްދަތަށް ނުނިމުނު ނަމަވެސް ސަރުކާރުން ބްރިޖުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށެވެ.

"ކޮންޓްރެކްޓަރު މަސައްކަތުގެ ޝެޑިއުލްއަށް ބަލާފަ އެބަހުރި ޑިލޭސް. މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން ހުރީކީއެއް. އޭގެ ތެރެއިން ކޮންމެ ވެސް މިންވަރެއް ކެޗަޕް ކުރެވޭނެ މަސައްކަތުގެ. ތަފްސީލްތައް އަޅުގަނޑަށް އެނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންޓްރެކްޓަރު މަސައްކަތުގެ ޝެޑިއުލްއަށް ބަލާފަ އެބަހުރި ޑިލޭސް. މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން ހުރީކީއެއް. އޭގެ ތެރެއިން ކޮންމެ ވެސް މިންވަރެއް ކެޗަޕް ކުރެވޭނެ މަސައްކަތުގެ. ތަފްސީލްތައް އަޅުގަނޑަށް އެނގޭ،
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު ވިދާޅުވީ ބްރިޖުގެ ގިނަ މަސައްކަތްތައް ކުރިއަށްދަނީ ގުޅީފަޅުގައި ކަމަށެވެ. އަދި ގުޅީފަޅުގައި މިހާރުވެސް ބްރިޖުގެ ތަނބުތަކާ ގުޅާލައި އެކްސްޓެންޝަންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބްރިޖަކީ ކުރިން އެޅި ބްރިޖާ ޚިލާފަށް ޓެމްޕަރަރީ ބްރިޖެއް ނާޅައި މަސައްކަތް ކުރިއަށްދާ ބްރިޖެއް ކަމަށެވެ.

"ބްރިޖުގެ މަސައްކަތް ކުރިއަށް އެބަދޭ. ގުޅިފަޅުގެ ކާސްޓިން ޔާޑުގައި ޓެކްސް އެކްސްޓެންޝަންތައް ވެސް އެބަ ހަދަމުން ގެންދޭ. ދެން މިބްރިޖް އަޅަމުން ގެންދާނީކީއެއް ކުރިން އަޅުގަނޑުމެންނަށް ފެނުނު ބްރިޖާއި އެއްގޮތަށް ޓެމްޕަރަރީ ޕްލެޓްފޯމެއް ހަދާފަ ދެން އަސްލު ބްރިޖު އަޅަނީކީ ނޫން. ޖަހަމުންދާ ތަނބުތަކަކީ އަސްލު ހުންނާނެ ތަނބުތައް. އޭގެ ތެރެއިން ދެތަނބު ނޫނިއްޔާ އެއީ ޓެސްޓް ޓްރައިލްއަށް ޖެހި ދެ ތަނބު. ދެން އަސްލު ޖަހަމުން އެދަނީ އަސްލު ޖަހާ ތަނބުތައް،" އަސްލަމް ވިދާޅުވި އެވެ.

ތިލަފުށްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މީގެ އިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެ އެވެ.