ޖަޕާނުގައި ހިލޭ ތައުލީމު ހާސިލްކުރުމަށް ހުޅުވާލި ސްކޮލަޝިޕަށް ހުށަހެޅުމުގެ މުއްދަތު މި މަހު 28 ވާ އާދިއްތަ ދުވަހު ހަމަވާނެ އެވެ.
ޖަޕާނުގެ އެޑިއުކޭޝަން، ކަލްޗާ، ސްޕޯޓްސް، ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހުޅުވާލި (މެކްސްޓް) ސްކޮލަޝިޕުގެ ދަށުން މާސްޓާސް، ޕީއެޗްޑީ ނުވަތަ ޕްރޮފެޝަނަލް ގްރެޖުއޭޓް ކޯހެއްގައި ބައިވެރިވެގެން ނުވަތަ އަންޑަގްރެޖުއޭޓް ޑިޕާޓްމަންޓުގައި ހާއްސަ ދާއިރާއަކުން ދިރާސާ ހެދުމަށް ދިވެހިންނަށް ހުށަހެޅޭނެ އެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ރޮނގުން ޑިޕްލޮމާ ހެދުމަށާއި ހާއްސަ ތަމްރީނުތައް ހެދުމަށް ޖަޕާނުގެ ޓްރެއިނިން ސްކޫލެއްގައި ޑިޕްލޮމާ އަށް ކިޔަވަން ވެސް ހުށަހެޅޭނެ އެވެ.
ޑިޕްލޮމާ ކޯސްތަކުގައި ކިޔަވައިދޭން ހަމަޖެހިފައިވަނީ ޖަޕާން ބަހުންނެވެ. އެހެންކަމުން، ޑިޕްލޮމާ ކިޔަވަން ސްކޮލަޝިޕް ލިބޭ ދަރިވަރުން އެ ކޯސްތައް ފެށުމުގެ ކުރިން ޖަޕާން ބަސް ދަސްކުރުމަށް އެއް އަހަރު ދުވަހުގެ ކޯހެއް ހަދަން ޖެހޭނެ އެވެ.
ސްކޮލަޝިޕަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީ އަށެވެ. ސުންގަނޑިއަކީ އަންނަ އާދިއްތަ ދުވަހެވެ. ހުށަހަޅާ އެޕްލިކޭޝަންތައް ސްކްރީން ކުރުމަށް ފަހު އިންޓަވިއު އަށް ހާޒިރުވުމަށް ޖަޕާން އެމްބަސީން ފަހުން އަންގާނެ އެވެ. އިތުރު މައުލޫމާތު ޖަޕާން އެމްބަސީގެ ފޯނު ނަމްބަރު 3300087 އިން ލިބިވަޑައިގަންނަވާނެ އެވެ. އަދި އިތުރު މައުލޫމާތު https://www.studyinjapan.go.jp/en/smap-stopj-applications-research.html
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ހުދު އެލާޓް ނެރެފި
އިންޒާރު: ހޫނުކޮށް ސައި ބުއިމަކީ ކެންސަރަށް މަގުފަހިވާ ކަމެއް!