ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ދަ ޑިމޮކްރެޓްސް އަށް ތާއީދު ކުރާ މީހުން ސަރުކާރުން ވަކިކުރަން ފަށައިފި އެވެ.
އެމްޑީޕީގެ ރައީސް މުަހއްމަދު ނަޝީދު އުފައްދަވަން މަސައްކުރާ ދަ ޑިމޮކްރެޓްސް އަށް ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ. އަދި އެޕާޓީން ގެންދަނީ ޕާޓީ އަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގައި ތިބި ބައެއް މެމްބަރުން މިހާރު ގެންދަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ހުރިހާ" އަށް ވިދާޅުވީ އެމްޑީޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުން ސަރުކަރުގެ މަގާމުތަކުން ވަކިކުރަނީ އެމްޑީޕީން އެއީ އެޕާޓީގެ މެމްބަރުން ނޫން ކަމަށް އެންގުމުން ކަމަށް މިއުވާން ވިދާޅުވި އެވެ.
"ސަރުކާރު ބައެއް ސިޔާސީ މަގާމުތަކުގަ އެބަތިއްބެވި އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބަވާ ބޭފުޅުން އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ މިހާރު އެމްޑީޕީ މެމްބަރުން ނޫން ކަމަށް އެމްޑީޕީން ސަރުކާރަށް އަންގާފައިވާތި އެބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައިވަނީ ކުރިއަށް އޮތްތަނުގައި ވެސް ޕާޓީގެ މެމްބަރުން ނޫން ކަމަށް ޕާޓީން އަންގާ މެމްބަރުން ވަކިކުރާނެ،" މިއުވާން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތްތައް އެޕާޓީން މިހާރު ގެންދަނީ ކުރަމުންނެވެ. ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީ އާއި ގުޅޭނެ ކަމަށެވެ
އަންނިސޮރާ ދެކޮޅަށް ލިޔުނީތީ ޝާއިއު ނުރާނެ ވަރަށް ސާފް
އަންނިސޮރަށް ތާއީދުކުރާމީހުން ސަރުކާރުން ވަކިކުރޭ މާބޮޑަށްވެސް ލަސްވެއްޖެ