ޓެކްނޮލޮޖީއަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. އިހަށްވުރެ ފެންވަރު ރަނގަޅު އުފެއްދުންތައް ތައާރަފް ކުރުމުގައި ކޮންމެ ކުންފުންޏަކުން ވެސް މަސައްކަތް ކުރެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި މިހާރު އެންމެ ނަންކިޔާ އެއް ކުންފުންޏަކީ އެޕަލް އެވެ. އެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކު ވެސް އާ އުފެއްދުންތަކެއް ކަސްޓަމަރުންނަށް ގެނެސްދެމުންނެވެ.

އެގޮތުން އެންމެ ފަހުން އެޕަލްއިން ދައްކާލާފައި މިވަނީ ވާޗުއަލް ރިއަލިޓީ އަތްފޯރާ ފަށަށް ގެނެސްދިނުމަށްޓަކައި " ވިޝަން ޕްރޯ" ގޮގުލްސް އެކެވެ.

އެޕަލްގެ އެނުއަލް ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެ އުފެއްދުން މުޅިން އަލަށް ދައްކާލާފައިވާއިރު އެޕަލްއިނުް ބުނަނީ މިއީ އިންގިލާބީ އުފެއްދުމަކަށް ވާނެ ކަމަށެވެ.

އެޕަލް ވިޝަން ޕްރޯ ގޮގުލްސްއަކީ ވާޗުއަލް ރިއަލިޓީއާއި ހަގީގީ ދިރިއުޅުން ގުޅުވާލަދޭނެ އުފެއްދުމެއް ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

މި އުފެއްދުމުގައި ވާޗުއަލް ރިއަލިޓީއާއެކު އެންމެ ފަހުގެ ހެޑްސެޓެއް އެކުލެވޭއިރު އޭގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެ އެވެ.

އެޕަލް ކުންފުނީގެ މި އުފެއްދުން އަންނަ އަހަރު ކުރީކޮޅު ބާޒާރަށް ނެރެން މަސައްކަތް ކުރާއިރު އޭގެ އަގަކީ ގާތްގަނޑަކަށް 3500 އެމެރިކާ ޑޮލަރެވެ.