ސާރާ އަލީ ޚާންއަކީ ބޮލީވުޑްގެ އެންމެ ފަހުގެ ޖީލުގެ އެކްޓަރުންގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއްތަރި އެވެ.
ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ސައިފް އަލީ ޚާންއާއި އަމްރީތާ ސިންހްގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު ސާރާގެ ޒާތީ ދިރިއުޅުމަކީ ވެސް އިންޑިއާގެ މީޑިއާތަކުގައި "ފަލަ ސުރުހީ" އެކެވެ.
އެގޮތުން އެންމެ ފަހުން އިވުނު ވާހަކައަކީ ސާރާއާއި އިންޑިއާގެ ގައުމީ ކްރިކެޓު ކުޅުންތެރިއެއް ކަމަށްވާ ޝުބަމް ގިލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އެވެ.
މި ފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މާމަ ޝަރްމީލާ ޓަގޯރް ފަދައިން ކްރިކެޓް ކުޅުންތެރިއަކާ ކައިވެނި ކޮށްފާނަންތޯ ސުވާލު ކުރެވުމުން ސާރާ ބުނީ އޭނާގެ މޒާޖާ ގުޅޭނަމަ ބައިވެރިޔާ އަދާކުރާ ވަޒީފާއަކީ މުހިއްމު ކަމެއް ނޫން ކަމަށެވެ.
މި ބައްދަލުވުމުގައި ސާރާ އިތުރަށް ބުނީ އޭނާގެ ހަޔާތުގެ ހަގީގީ ބައިވެރިޔާ އޭނާގެ ހަޔާތަށް އައި ކަމަށް އަދި ގަބޫލު ނުކުރެވޭ ކަމަށެވެ.
ސާރާގެ މާމަ އަދި ބޮލީވުޑްގެ އެކްޓްރެސް ޝަރްމީލާ ޓަގޯރް ކައިވެނި ކޮށްފައިވަނީ ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ޚާންއާ އެވެ. އެ ދެމަފިރިންނަކީ ސާރާގެ ބައްޕަ ސައިފް އަލީޅ ޚާން އަދި ބޮޑުދައިތަ ސޯހާ އަލީ ޚާންގެ މައިންބަފައިންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" އިން ވިކީ ކައުޝަލްއާ އެކީގަ އެވެ. އެ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް އަންނަނީ ލިބެމުންނެވެ.