މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބެންގަލޫރަށް ހިނގައްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 21 އިން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގައުމީ ޓީމު ބެންގަލޫރަށް ރޭ ގޮސްފައިވަނީ މުބާރާތަށް ތައްޔާރުވާން ޖަޕާންގައި ދެ ހަފުތާ އަށް ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕަށް ފަހު އެވެ.

މިއަހަރުގެ މުބާރާތުގައި ދެކުނު އޭޝިއާއިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނެ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން

ރާއްޖެ ލައްވާލީ ލުބުނާނާ އެއް ގުރޫޕެއްގަ އެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އެވެ. ގުރޫޕް އޭ ގައި އިންޑިއާ އާއި ކުވައިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. ފީފާގެ ސަސްޕެންޝަންގައި އޮތުމުން ސްރީ ލަންކާ އަށް މުބާރާތުގައި ވާދައެއް ނުކުރެވެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ އިންޑިއާ އެވެ.

ރާއްޖެ ސާފް ޗެމްލިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ 2008 އާއި 2018 އަހަރު އެވެ.