ސައުތުގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާމް ޗަރަން އާއި އޭނާގެ އަންހެނުން އަފްސަނާ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކައިވެނިކޮށްގެން އުޅޭތާ 10 އަހަރު ފަހުން، ރާމް އާއި އަފްސަނާ މިވަނީ ފުރަތަމަ ދަރިފުޅަށް މިއަދު މަރުހަބާ ކިޔާފަ އެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ ލިޑް އެކްޓަރު ރާމް ވަނީ މިދިޔަ އެޕްރީލް މަހު އަންހެނުންނާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރަން އައިސްފަ އެވެ. ރާމް އަށް ދަރިއަކު ލިބުނުކަން އެނގުމާ ގުޅިގެން ފޭނުންތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

އެޕޯލް ހޮސްޕިޓަލުން ނެރުނު ބަޔާން

ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކީ 2013 ގެ "ޒަންޖީރު" ވެސް ކުޅުނު ޗަރަން އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީގެ ދަރިއެކެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަދި ދެކުނު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަން މިހާރު އަންނަނީ "އިންޑިއަން" އާއި "ރޮބޮޓް" އަދި އޭގެ ސީކްއެލް "2.0" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަންކަރްގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގެ ކިއާރާ އަދުވާނީ އެވެ.