މިދިޔަ ހަފްތާގައި އެންމެ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް އޯޓީޓީ" ސީޒަން ދޭ ޖިއޯ ސިނަމާގައި ޕްރިމިއާ ކޮށްފައިވާއިރު މިޝޯއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މިފަހަރުގެ ސީޒަން ސަލްމާން ހާން ހޯސްޓްކުރާއިރު މިހާރު ވެސް ގިނަ ޑްރާމާތަކެއް ޝޯގެ ތެރެއިން ވަނީ ފެނިގެން ގޮސްފަ އެވެ.

ފުރަތަމަ ދުވަހު ގިނަ ޒުވާބުތަކެއް ފެނިގެން ގޮސްފައިވާއިރު ސޯޝަލް މީޑިއާގައި މަޝްހޫރު ސުފަސްޓާ ޕުނީތު ކުމާރު އަމަލުތައް ހުރިކޮށް އޭނާ ވަނީ ބިގްބޮސް ގެއިން ބޭރުކޮށްފަ އެވެ.

އޯޓީޓީ ޝޯގައިވެސް ބައިވެރިން ތިބެނީ "ބިގް ބޮސް"ގެ ގޭގައި ބަންދުކޮށްފަ އެވެ. އެމީހުން އެގޭގައި ތިބެގެން ދައްކާ ޕާފޯމަންސަށް ވޯޓް ދެނީ ބެލުންތެރިންނެވެ. ބެލުންތެރިންގެ ވޯޓުން އެއްވަނަ، ދެވަނަ، ތިންވަނަ، އެގޮތަށް ގޮސް ހުރިހާ އެންމެން ރޭންކް ކުރާނެ އެވެ. އަދި އެމީހެއްގެ ރޭންކަށް ބަލައި ފައިސާ ދެމުން ގެންދާނެ އެވެ.

މި ހަފުތާގެ ނޮމިނޭޝަން ކުރިއަށް ގެންގޮސްފައިވާއިރު ބީބީ ފައިސާ ބޭނުންކޮށްގެން ބައިވެރިން އަނެއް ބައިވެރިޔަކު ބިގްބޮސް ގެއިން ބޭކުރުމަށް ނޮމިނޭޓް ވަނީ ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފުރަތަމަ ބިގްބޮސް ގެއިން ބޭރުކުރުމަށް ނޮމިނޭޓްކޮސްފައިވާ ބައިވެރިންނަކީ ބެބިކާ ދުރްވޭ، ޖިޔާ ޝަންކަރު، އަވިނާޝް ސަޗްދޭވާ، އަދި ޕަލަކް ޕޫރްސްވާނީ އެވެ.

ބެލުންތެރިންނަށް ޖިއޯސިނަމާ އެޕް މެދުވެރިކޮށް އެމީހުން އެންމެ ގަޔާވާ ކޮންޓެސްޓަންޓަކަށް ވޯޓުދީ ގެއިން ބޭރުކުރުމުން ސަލާމަތް ކުރެވޭނެ އެވެ.

މިފަހަރުގެ ސީޒަންގައިވެސް މަޝްހޫރު ފަންނާނުންތަކެއް ފެނިގެންދެ އެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ފެނިގެންދާ ބައިވެރިންނަކީ "އަލީ ބާބާ"ގެ ކުރީގެ ބަތަލް ސީޒަން ހާންގެ ކޮއްކޮ ފަލަކް ނާޒް އާއި ޓީވީ ބަތަލާޖިޔާ ޝަންކަރް އާއިޔޫޓިއުބުގައި ފުކްރާ އިންސާންގެ ނަމުން މަޝްހޫރުވެފައިވާ އަބިޝެކް މަލާން އާއި އެކްޓަރު އަދި މޮޑެލް އަކަންޝާ ޕޫރީ އާއި ކުރީގެ އެކްޓަރު އަދި ޕޮޑްކާސްޓަރު ސައިރަސް ސަހުކާރް އާއި ބިހާރްގެ މަނީޝާ ރާނީ އާއި ޑުބާއީ އިން ޝޯގައި ބައިވެރިވުމަށް އައި ޖެޑް ހަދީދް ހިމެނެ އެވެ.

މީގެ އިތުރުން އެކްޓަރު ނަވާޒުއްދީން ސިއްދީގީ ކުރީގެ އަންހެނުން އާލިއާ ސިއްދީގީ އާއި ޑެންޓިސްޓެއް ކަމަށްވާ ބޭބީކާ އާއި ޓީވީ އެކްޓަރު އަވީނާޝް ސަޗްދޭވް އާއި ޕަލަކް ޕުރުސްވާނީ އާއި ބަތަލާ ޕޫޖާ ބަޓް މިޝޯއިން ފެނިގެންދާނެ އެވެ.