ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ބޫޓާން އަތުން މޮޅުވެ ތިން ޕޮއިންޓް އުނދަލުން މޮޅުވެ ތިން ޕޮއިންޓް ހޯދައިފި އެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ރާއްޖެއިން މިރޭ ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ރާއްޖެއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިއީ ބޫޓާންގެ އޭރިއާ ތެރެއިން ހަމްޕުއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ހަމްޕު ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ރާއްޖެއިން ވަނީ ބޫޓާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ

އެއަށް ފަހު މުޅި މެޗުގައިހެން ރާއްޖޭގެ ޓީމު ފެނުނީ ޕްރެޝަރުގައި ކުޅުނު ތަނެވެ. ބޫޓާނުން ގިނަ ހަމަލާތަކެއް ފޮނުވާލި އިރު ކީޕަރު ހުސެއިން ޝަރީފަށް ވަނީ ގިނަ ހަމަލާތަކެއް ދިފާއުކުރަން ޖެހިފަ އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބޫޓާނުން ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހާފުގެ ކުރީކޮޅު ރާއްޖެއަށް މާކަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ފަހު ހާފުގައި ގެނައި ބަދަލުތަކާ އެކު ރާއްޖޭން ކުޅުން ރަނގަޅުކޮށް ގޯލު ޖަހަން ފުރުސަތުތަކެއް ހޯދި އެވެ. އެގޮތުން ލީޑު ފުޅާ ކުރީ 90 ވަނަ މިނިޓުގައި ނާއިޒް ހަސަން (ދާދު)، ބޫޓާންގެ ކީޕަރު ކައިރިން ނައްޓާލާފައި ޖެހި ގޯލުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ ބޫޓާން، ލުބުނާން އަދި ބަންގްލަދޭޝް އެވެ. ރާއްޖެއިން މި މުބާރާތުގެ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.